ޔޫޓިއުބުގެ ގަވާއިދުތަކާ ސަރުކާރުން ހިލާފުވި ކަމަށް ބުނެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް އެ ޕްލެޓްފޯމުން ރިމޫވް ކޮށްލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާޣެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އެ ޕްލެޓްފޯމުގައި މިހާރު ފެންނާކަށް ނެތެވެ. ޗެނަލް ގެއްލިފައި މި ވަނީ، ރައީސް މުހައްމަދު މުއިއްޒު މިހާރު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ވީޑިއޯތައް ގެންނަމުން ދަނިކޮށެވެ.
އެ ޗެނަލަށް ދިޔުމުން އެއްވެސް ވީޑިއޯއެއް އަދި ޗެނަލުގެ ޕްރޮފައިލެއް ވެސް ނުފެނެ އެވެ. ޗެނަލް ރިމޫވް ކޮށްފައިވަނީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވެގެން ކަމަށް ބުނާ ބެނާއެއް ވެސް ޗެނަލުގެ ލިންކަށް ދިޔުމުން ފެނުނެވެ. ނަމަވެސް، މިހާރު އަރަނީ އެ ޗެނަލް ވުޖޫދުގައި ނެތް ކަމަށެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، އަދި ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު އަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ޔޫޓިއުބު ޗެނަލަށް ވީ ކިހިނެތްތޯ މެސެޖުކޮށް އެހުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
ޔޫޓިއުބުގެ ގަވާއިދުތަކާ ހިލާފުވެގެން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކޮށްފި ޔޫޓިއުބުގެ ގަވާއިދުތަކާ ހިލާފުވެގެން ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ