ކޮވިޑު ފަދަ ޕެންޑެމިކް ހާލަތަކުން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތައް ރައްކާތެރިކުރަން ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ކޮވިޑު ފަދަ ޕެންޑެމިކް ހާލަތަކުން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތައް ރައްކާތެރިކުރަން ހާއްސަ އިންޝުއަރެންސް ޕެކޭޖެއް

މީގެ ފަސް އަހަރު ކުރިން ކުރިމަތިވި ކޮވިޑު ފަދަ ބަލިމަޑުކަމަކުން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތައް ރައްކާތެރިކުރުމަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މެންބަރުންނަށް ރައްކާތެރިކަން ލިބިދޭނެހެން ފަރުމާކޮށްފައިވާ މި ޕެކޭޖު އިފްތިތާހުކޮށްފައިވަނީ ސެޕްޓެމްބަރު 11، ގަ އެވެ. މި ޕްރޮގްރާމުގެ ދަށުން ސެޕްޓެމްބަރު 15، އިން ފެށިގެން ޕެންޑެމިކް ހާލަތުގައި ފަސް މިލިއަން ޑޮލަރާއި ހަމައަށް ރައްކާތެރިކަމުގެ ޕެކޭޖު ލިބޭނެ އެވެ.
ރާއްޖޭގައި ހުރި ޓޫރިޒަމް ވިޔަފާރިތައް ހާއްސަކޮށް ފަރުމާކޮށްފައިވާ މި ޕެކޭޖު ފޯރުކޮށްދެނީ ރާއްޖެ އާއި ބޭރުގެ ތިން އިންޝުއަރެންސް ކުންފުންޏެއް ގުޅިގެންނެވެ. އެ ކުންފުނިތަކަކީ ސޮލަރެލް އިންޝުއަރެންސް އާއި މިއުނިކް އާރުއީ އަދި ރަހްނަލް އިންޝުއަރެންސް ބްރޯކިން އެންޑް ރިސްކު މެނޭޖްމަންޓެވެ.
މި އިންޝުއަރެންސް ޕެކޭޖު އިފްތިތާހުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިންޝުއަރެންސް ކުންފުނިތަކުގެ ވެރިންނާއި މަޓީގެ އިސްވެރިން އަދި ޓޫރިޒަމް ވިޔަފާރިތަކުން ބައިވެރިވި އެވެ.
ކޮވިޑުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމްގެ ގިނަ ވިޔަފާރިތަކަކަށް މިލިއަނުން ގެއްލުންވި އެވެ. އެ ހާލަތުން އަރައިގަތުމަށް އެންމެ ބޮޑު އެހީއަކަށް ވީ އޭރުގެ ސަރުކާރުން ޓެކްސް އާއި ކުލީގެ ގޮތުން ދިން ލުއިތަކެވެ.
އެ ލުއިތަކާއެކު ވެސް ލިބުނު ގެއްލުންތަކުން އަރައިނުގަނެވި ބައެއް ވިޔަފާރިތައް ހުއްޓާލަން ވެސް ޖެހުނެވެ. އަލަށް ތައާރަފުކުރި އިންޝުއަރެންސް ޕެކޭޖަކީ މުސްތަގުބަލުގައި މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ، ވެދާނެ މިފަދަ ގެއްލުންތަކުން ރައްކާތެރިވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ