ރޭ ދަންވަރު ހުޅުމާލެ ފޭސް 2 އެއްގެބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި ވަނީ ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ސަބަބުން ކަމަށް އެކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، ދަންވަރު 3:30 ހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް އޮފްވުމާ ގުޅިގެން ހިޔާ ހައުސިންގ ޔުނިޓުތަކުގެ ބައެއް ޓަވަރުތަކާއި، ވިނަރެސް އަދި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓު ވަނީ ކެނޑިފައެވެ. ނަމަވެސް އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ލިބިފައިވަނީ އޭގެ އެއް ގަޑިއިރު ފަހުން، 4:56 ގައެވެ.
މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
"މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ އަދި އަމިއްލަ ފުރާނައަށް ވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާގުޅޭ ފަރާތްތަކާ ހިއްސާ ކުރަމުން ގެންދިއުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެކެވެ،" ސްޓެލްކޯއިން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން ވެސް ސްޓެލްކޯގެ ސަބްސްޓޭޝަންތަކަށް ގެއްލުން ދިނުމާއި، ކަރަންޓު ކޭބަލްތައް ވަގަށް ނެގުމަށް ކޭބަލް ބުރިކުރުމުގެ މައްސަލަތައް ދިމާވެފައިވާ ކަމެވެ.
މިފަދަ މައްސަލަތަކުގައި ކުރިން ވެސް ވަނީ ބައެއް ފަރާތްތައް ހައްޔަރުކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ފޭސް 2 އަކުން ކަރަންޓު ދިޔައީ، ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުން ދިނުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ