މުސާރަ މައްސަލަ: ޝަރުއީ ދާއިރާގެ 600އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅައިފި

ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށްދޭ މުސާރައިގެ އާ އޮނިގަނޑުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، އެ ދާއިރާގެ 600އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު, ކަމާ ގުޅުންހުރި އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. އެނގިފައިވާ ގޮތުގައި 609އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު، ޝަރުއީ ދާއިރާގެ މުވައްޒަފުން ވަނީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޕެޓިޝަން ހުށަހަޅައިފައެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުން ބުނީ، މުސާރައިގެ އާ އޮނިގަނޑަށް މުވައްޒަފުން ގެންދިއުމުގައި ޝަރުތުތަކަށް ރިއާޔަތްކުރުމެއްނެތި ދަށް ރޭންކުތަކަށް މުވައްޒަފުން ބަދަލުކޮށް، ގިނަ އަހަރުތަކެއް ވަންދެން އެ ދާއިރާއަށް ޚިދުމަތްކުރި މުވައްޒަފުންނަށް ދެމުން ދިޔަ އިނާޔަތްތައް ކަނޑާލުމުން މުވައްޒަފުން ތިބީ މާޔޫސްވެފައި ކަމަށެވެ. މުވައްޒަފުން ބުނީ ދައުލަތުގެ ބައެއް އިދާރާތަކުން މުވައްޒަފުން ހާސިލްކޮށްފައިވާ ސެޓްފިކެޓަށް ބަލައި، މަތީ ރޭންކުތަކަށް މުވައްޒަފުންނަށް ކުރިއެރުން ދެމުން އައި ނަމަވެސް، ޝަރުއީ ދާއިރާގައި އެފަދަ ފުރުސަތުތައް ފަހިވެފައި ނެތް ކަމަށެވެ. ހަމަ އެއާއެކު މުސާރައިގެ ކުރިއެރުން ދިނުމުގައި ހުރިހާ މަގާމުތަކަށް އެއްހަމައަކުން މުސާރައިގެ ކުރިއެރުން ދީފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ. އިތުރަށް އެ މުވައްޒަފުން ބުނީ، ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރަސްމީ ވަގުތު އެހެން މަސައްކަތްކުރިން މަނާވާ، އަދި ނުރަސްމީ ވަގުތު މަސައްކަތުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން މަނާވާ ބައެއް ކަމަށެވެ. އަދި ބައެއް މުވައްޒަފުންނަކީ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ އިތުރުން އެހެން މަސްއޫލިއްޔަތުތައް ވެސް އަދާކުރާ ބަޔަކަށްވާއިރު، އެކަމަށް އާ ޕޭ ފްރޭމްވޯކްގައި ރިއާޔަތްނުކުރާ ކަމަށް އެ މުވައްޒަފުން ބުންޏެވެ. ޕެޓިޝަނުގައި އެ މުވައްޒަފުން އިތުރަށް ބުނީ، ޝަރީއަތްތަކާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތް ކުރުމަށް ވަގުތު ބޭނުންވާއިރު އެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ވަގުތުވެސް ކުޑަ ކަމަށެވެ. ޖުމްލަ ގޮތެއްގައި، ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި ކޯޓު އޮފިސަރުންގެ މުސާރަ ހާމަނައިޒްވެގްން އައިއިރު، މާބޮޑު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށްވެސް މުވައްޒަފުން ބުންޏެވެ. https://sun.mv/214338 މަތީ ކޯޓެއްގެ މުވައްޒަފެއް "ސަން" އަށް މައުލޫމާތުދިން ގޮތުގައި ފެމިލީ ކޯޓާއި، ސިވިލް ކޯޓާއި، ޖުވެނައިލް ކޯޓާ،އި ޑުރަގު ކޯޓާއި، ކްރިމިނަލް ކޯޓުގެ މުވައްޒަފުން ވެސް މިއަދު އޮފީސްތަކަށް ދިޔައީ ކަޅު ހެދުމުގައެވެ. މުސާރައިގެ އޮނިގަނޑަށް ބަދަލު އައި ގިނަ މުވައްޒަފުންތަކެއް މިގޮތަށް ހެދުން އަޅައިގެން އޮފީހަށް ދިޔައީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށާއި، އިހުތިޖާޖުކުރުމަށްޓަކައި ސަލާމް ބުނާ ވަރަށްވުރެ ކޯޓުގެ މަސައްކަތް މާ ގިނަ ކަމަށް އޭނާ ބުނެފައިވެއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އަތޮޅުތެރޭގެ ބައެއް މެޖިސްޓްރޭޓު ކޯޓުތަކުގެ މުވައްޒަފުން ވެސް ދަނީ މުސާރައަށް އައި މި ބަދަލާ ގުޅިގެން އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން، އިއްޔެ މަރަދޫފޭދޫ މެޖިސްޓްރޭޓު ކޯޓާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ކަޅު ހެދުން ލައިގެން ޑިއުޓީއަށް ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ. އެ މުވައްޒަފު ބުނީ ކޯޓުގެ ދަށް ރޭންކުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ގެންދާ 14،000 ރުފިޔާ މިހާރު ލިބޭނީ އެތައް ގަޑިއިރެއްގެ މަސައްކަތަށް ފަހު ކަމަށެވެ. އެހެންކަމުން ގިނަ މުވައްޒަފުން މިކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މީގެ ކުރިން 14،000 ރުފިޔާ ގެންދާ އިދާރީ މުވައްޒަފުންނަށް މިހާރު އިތުރު ވަގުތުގެ މަސައްކަތާ ނުލައި 30،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ. އަދި، ޕޭ ހާމަނައިޒޭޝަންގެ ދަށުން އަސާސީ މުސާރަ ބޮޑުކުރުމާ ގުޅިގެން ޕެންޝަނަށް ކަނޑާނެ އިންސައްތަ ބޮޑުވުމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކޮށްފައިވެއެވެ. ލީގަލް މުވައްޒަފުން މުސާރައާ ގުޅޭގޮތުން ޝަކުވާކުރަމުންދާއިރު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް ވަނީ، މުސާރަތައް ބޮޑުކުރުމާ ގުޅުވައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި، ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 1.7 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ