އުފަލުގަ އުޅެވުނަސް ތިބާގެ ދިރިއުޅުން ފަސޭހަ ވާނެކަމަށް އުއްމީދު ނުކުރާތި!

ސިއުޒާ
 
އުފަލުގައި އުޅެވޭނަމަ ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އަބަދުވެސް އުފަލުގައި އުޅެވޭނެ ކަމަށެވެ. ދިރިއުޅުން ފަސޭހަވާނެ ކަމަށެވެ. އެހެންވެ ދަތި އުނދަގޫ ޙާލަތަކަށް ތައްޔާރުވެ ތިބެނީ މަދު ބައެކެވެ. އެއީ ވަރަށް ދެރަ ކަމެކެވެ. 
އެކްނަ ބަޔާން ކުރައްވައި ޝައިޚް ވިދާޅުވީ: 
އެންމެންވެސް ހަނދާން ބަހައްޓަންޖެހޭ ވަރަށް މުހިއްމު ޙަޤީގަތެއް މީ، ތިބާގެ ދިރިއުޅުން ފަސޭހަ ވާނެކަމަށް އުއްމީދު ނުކުރާތި. އަބަދުވެސް އުއްމީދު ކުރަންވީ އަމިއްލަ ނަފްސު އަންނާން އޮތް އުނދަގޫތަކަށް ތައްޔާރުވެފައި ވުމަށް. 
އެހެންމަ މައްސަލަތައް މަދުވުމަކަށް ނޫން އުއްމީދުކުރަންވީ. އެކަމަށްޓަކާ މަސެއްކަތް ކުރެވިދާނެ. އެކަމަކު އުއްމީދު ކުރަންވީ މައްސަލަތައް ކުރިއަށް އޮތް ތާންގަ މުސްތަޤުބަލުގަ މަދުވުމަކަށް ނޫން. އެހެންނަމަވެސް އެ މައްސަލަތައް ދިމާވީމާ އެކަމާ ކެރިގެން އަދި އެކަންކަން ހައްލު ކުރުމަށްޓަކާ ކުރިމަތިލާނެ "ސްކިލް ސެޓެއް" ނުވަތަ ހުނަރު ސެޓެއް ތިބާގެ ކިބައިގައި އަށަގެންނެވުމަށް ތިބާ މަސެއްކަތް ކުރަންވީ. އެކަމަށްޓަކާ ތިބާގެ އަމިއްލަ ނަފްސު " ސެލްފް ޑިވެލޮޕްމަންޓް" އަށްޓަކާ ކުރާ މަސައްކަތުން އެކަމެއް ހާސިލްވާނީ. 
އެހެންމަ އުއްމީދު ކުރަންވީ ކުރިއަށް އޮތް ތާންގައި ކަންކަން ފަސޭހަވާނެ ކަމަކަށް ނޫން. އެކަން ޕްރޮބަބްލީ ނުވާނެ. (ގާތީ ނުވުން) އަބަދުވެސް ކަންކަން އުނދަގޫ ވާނެ. މުސީބާތުގެ ގޯތި މީ. އުއްމީދު ކުރަންވީ ތިބާގެ ކިބައިގައި އެ މުސީބާތެއް ކުރިމަތިވީމާ އެކަމުން އަރައިގަތުމަށްޓަކާ ސްކިލްސް ނުވަތަ ހުނަރު އަށަގެންނުވޭތޯ.
 
- ޝެއިޚް މުތީއު އިސްމާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ