ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެސްޓީއޯ އިން ފާހަގަކުރީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވުމެވެ. ހަމަ އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އަށް އިންސައްތަ އިތުރުވެފަ އެވެ.އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާ އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ފަސް އިންސައްތައިގެ ކުރިއެރުމެކެވެ.އެސްޓީއޯއިން ބުނީ މި ކުއާޓަރުގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ވަނީ ރީކްލެސިފައި ކުރެވިފައި ކަމަށެވެ. އެއާއިއެކު ޖުމްލަ ހިންގުމުގެ ހަރަދު ވަނީ 367 މިލިއަންއިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައި ކަމަށެވެ. އެއާއެކު ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތައިން އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ދަށްވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 230 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި ވަނީ 186 މިލިއަން ރުފިޔާ ލިބިފައި ކަމަށާއި މިއީ ކުރީ ކުއާޓަރާއިއާއި އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެއްް ކަމަށް ބުންޏެވެ.އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ވިޔަފާރީގެ އެންމެހާ ބައިވެރިން ކުންފުނީގެ ކަންކަމާމެދު ބަހައްޓާ ގާތްކަމާއި ދޭ އެހީތެރިކަމާއި އެއްބާރުލުމަށް، ޝުކުރު އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ