ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާއަށް ހޯރަފުށީ ސްކޫލް ހޯލު ނުދިން!
"ހޯރަފުށި ދުވަސް" ފާހަގަ ކުރުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އަށް، ހޯރަފުށީ ސުކޫލު - ހއ. އަތޮޅު މަދަރުސާގެ ހޯލް ނުދިން މައްސަލައެއް ފެންމަތި ވެއްޖެ އެވެ.ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ޖަލްސާ ބޭއްވުމުގެ އެންމެހާ ތައްޔާރީތައް ނިމިފައި ވަނިކޮށް އެޑިއުކޭަޝަން މިނިސްޓްރީން ހޯލް ނުދޭން ނިންމިކަން ވަނީ އިނގިފަ އެވެ.މި ކަމާއި ގުޅިގެން ކައުންސިލް އިސްވެރިއަކު "ހޯރަ" އަށް ވިދާޅުވީ ހޯރަފުށީ ދުވަަހުގެ ރަސްމީ ޖަލްސާއަށް ސްކޫލް ހޯލު ކުއްޔަށް ހިފުމަށް އެދި އޮކްޓޯބަރު 22 ވަނަ ދުވަހު ރަސްމީކޮށް އެދިފައި ވާނޭކަމަށެވެ. ނަމަވެސް މި ކަމުގައި ސަރުކާރުން މިއަދު ހެދުނާ ހަމައަށް ވެސް ބަހެއް ބަހެއް ނުބުނުމުން ޖަލްސާ ހއ. އަތޮޅު މަދަރުސާގެ ހޯލްގައި ބޭއްވޭ ގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.ހޯލް ސަރުކާރުން ނުދިނުމުން ޖަލްސާ އެ ރަށު ބަދަރުގައި ބާއްވަން ހަމަޖެހިފަވާއިރު، ކައުންސިލުން ވަނީ މި ހާއްސަ ޖަލްސާ ބޭއްވުމަށްޓަކައި ސްކޫލް ހޯލު ތައްޔާރުކޮށްވެސް ނިންމާފަ އެެވެ.މި ޖަލްސާގައި އަކީ އެކި ދާއިރާ އިން ހޯރަފުއްޓަށް ހިދްމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖަލްސާ އެކެވެ. މި ދިޔަ އަހަރު އޮތް ޖަލްސާގައި 92 ފަރާތަކަށް ވަނީ އެ ވޯޑް ދީފަ އެވެ.މި ޖަލްސާގައި މައިގަނޑު 5 ދާއިރާއަކުން އިނާމު ދެ އެވެ. އޭގެ ތެރޭގައި ޝަރަފުވެރިކަމުގެ އިނާމު، މަތީ ދަރަޖައިގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު، ހާއްސަ ހިދުމަތުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމެންޓް އިނާމު ހިމެނެ އެވެ.މި އަހަރުގެ ޖަލްސާގެ ދައުވަތު ހޯރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަލީ މޫސާގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް އަށާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ވެސް ވަނީ ފޮނުވާފަ އެވެ. "ހޯރަ" މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގެ ދައުވަތު ފޮނުވުމުން މި ބޭފުޅުންގެ ޝުކުރު ވަނީ ކައުންސިލް އަށް އަރިސްކޮށްފަ އެވެ. ނަމަވެސް މި ޖަލްސާގައި ބައިވެރި ވަނީ ދައުވަތު ދެއްވި ކޮން ބޭފުޅުން ނެތް ކަމެއް އަދި ނޭނގެ އެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ