150 އަހަރުގެ ތެރޭގައި ކެރީބިއަން ސަރަހައްދަށް އެރި އެންމެ ބާރުގަދަ މެލީސާ ތޫފާނުގައި އެ ސަރަހައްދު ފުނޑާލައިފި

ވޭތުވެ ދިޔަ 150 އަހަރުގެ ތެރޭގައި އެޓްލާންޓިކް އަށް އެރި އެންމެ ބާރުގަދަ އެއް ތޫފާނު، ތޫފާން މެލިސާ ކެރީބިއަންގެ ސަރަހައްދަށް އަރައި އެތައް ބަޔަކު މަރުވެ، މުޅި ސަރަހައްދު ފުނޑާލައިފި އެވެ. 
ތޫފާނުގެ ބާރުގަދަ ވައިރޯޅިތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި 30 މީހަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި ލިބުނު ހަގީގީ ގެއްލުމުގެ މިންވަރު ރަނގަޅަށް ސާފެއް ނުވެ އެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެެކަށީގެންވާ ކަމެކެވެ.
ޖެމެއިކާއަށް އެރި ތޫފާނަކީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ތޫފާނެވެ. އެ ތޫފާނުގެ ސަބަބުން އެ ގައުމުގެ ގިނަ ސަރަހައްދުތަކަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ.
ކެރީބިއަން ކަނޑުގައި އާދަޔާ ހިލާފު ހޫނު ލޮނާއި ޖައްވުގެ ވައިރޯޅި ހުރި މިންވަރުގެ ސަބަބުން މެލީސާ އަށް ވަރަށް ރަނގަޅު މާހައުލެއް ލިބިގެން ދިޔަ އެވެ.
މެލީސާގެ ބާރުމިން ފަހަރަށް ވުރެ ފަހަރަކު ދިޔައީ ގަދަވަމުންނެވެ. ހޮނިހިރު ދުވަހު ގަޑިއަކު 70 މޭލު ބާރުމިނުގައި ހުރި ވައި އާދީއްތަ ދުވަހު ހެނދުނު ވަނީ ގަޑިއަކު 140 މޭލަށް ބާރުގަދަވެފަ އެެވެ. އަދި ތޫފާނުގެ ދަރަޖަ ވަނީ 4އަށް ބަދަލުކޮށްފަ އެވެ.
އަންގާރަ ދުވަހު ވަނީ މެލިސާގެ ބާރު ކެޓަގަރީ5ގެ ތޫފާނަކަށް ބަދަލުކޮށްފަ އެވެ. އޭރު ވައިޖެހެމުން ދިޔައީ ގަޑިއަކު 185 މޭލުގެ ބާރު މިނުގަ އެވެ. އަދި އެއީ 1851 ވަނަ އަހަރަށް ފަހު އެޓްލާންޓިކް ކަނޑުގައި ރެކޯޑް ކުރެވުނު ދެވަނަ އަށް އެންމެ ބާރުގަދަ ތޫފާނެވެ.
ދުނިޔޭގެ މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ބުނީ ތޫފާން ޖެމެއިކާއާ ދިމާލަށް ދަތުރުކޮށް ކެޓަގަރީ 5ގެ ތޫފާނެއްގެ ގޮތުގައި ގޮނޑުދޮށަށް އެރި އިރު، އެ ތޫފާން ވަރަށް ބާރުގަދަ ވާނެ ކަމަށް ލަފާ ކުރެވުނު ކަމަށެވެ.
"ޖެމެއިކާއަށް މިއީ މި ގަރުނުގެ ތޫފާނަކަށް ވާނެ،" ޑަބްލިއުއެމްއޯގެ ޓްރޮޕިކަލް ސައިކްލޯން ސްޕެޝަލިސްޓް އޭން-ކްލެއާ ފޮންޓަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ