މުއިއްޒާއެކު ކޯލިޝަން ހެދި ސިޔާމުގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑާގެ ކުށް ސާބިތު ނުވާ ކަމަށް ވަގަށް ބޭއްވި އަޑުއެހުމެއްގައި ނިންމައިފި މުއިއްޒާއެކު ކޯލިޝަން ހެދި ސިޔާމުގެ ދެ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑާގެ ކުށް ސާބިތު ނުވާ ކަމަށް ވަގަށް ބޭއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މަނީ ލޯންޑާކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި ސަން އިންވެސްޓްމަންޓް އަދި ސަން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ޖިނާއީ ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ނިންމައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދި އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ދެ ކުންފުންޏަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ "ވަގަށް ބޭއްވި" ޝަރީއަތުގެ މަޖިލީހެއްގަ އެވެ.
އެ މައްސަލައިގައި ހުކުމް ކުރީ ސެޕްޓެމްބަރު 17، ގަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުމެއް އެ ދުވަހު ބާއްވާ ކަމަށް ކޯޓުން އާންމު ކުރި ޝެޑިއުލުގައި ބުނެފައެއް ނުވެ އެވެ. އަދި އެ މައްސަލައިގައި ކޮށްފައިވާ ހުކުމް މިހާތަނަށް ވެސް ކޯޓުން އާންމެއް ނުކުރެ އެވެ.
އެ މައްސަލަތައް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިކަން މި ނޫހަށް ވަނީ ދެ މަސްދަރަކުން ކަށަވަރުވެފަ އެވެ.
ސަން ކޮންސްޓްރަކްޝަން އާއި އިންވެސްޓްމެންޓްގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ 1.7 މިލިއަން ޑޮލަރު ޔާމީންއަށް ދިނުމުގައި މެދުވެރިއެއްގެ ރޯލު އެ ކުންފުނިން ކުޅެފައިވާތީ އެވެ. އެ ފައިސާ ޔާމީންއަށް ދިނުމުގައި މަނީ ލޯންޑަރިންގެ ކުށަށް ފެތޭ އެތައް ކަމެއް އެ ދެ ކުންފުނިން ކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
ދަށު ކޯޓުން ނިންމީ އެ ދެ މައްސަލަ ވެސް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ޝަރީއަތް ނިމުނު ގޮތް ހާމަކޮށްފައިނުވާތީ ދައުވާތައް ސާބިތުނުވި ސަބަބެއް އަދި ނޭނގެ އެވެ. އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރެއް ވެސް އަދި ނޭނގެ އެވެ.
ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ޝެޑިއުލުގައި ނުޖަހައި ކްރިމިނަލް ކޯޓުން ކުރިއަށްގެންދިޔައިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައި އޮންނަނީ "ޖިނާއީ ކޮންމެ މައްސަލައެއްގެ ވެސް ޝަރީއަތް ހިންގަންވާނީ، އަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު" ކަމަށެވެ.
ސަން ސިޔާމުގެ ދެ ކުންފުންޏަކަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިއިރު، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ސިޔާމުގެ އަތުން ރައީސް މުއިއްޒު ބޮޑު ލޯނެއް ނެންގެވިކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
މީގެ ކުރިން ވެސް ސިޔާމުގެ އަތުން ރައީސް މުއިއްޒު ވަނީ ފައިސާ ނަންގަވައިފަ އެވެ. އެއީ މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު 2015 ވަނަ އަހަރުގެ ތެރޭގަ އެއް މިލިއަން ރުފިޔާ ނެގި މައްސަލައެކެވެ. އެކަން 2023 ގެ ރިޔާސީ އިންތިހާބުގެ ތެރެއިން ހާމަވުމުން މުއިއްޒުގެ ފަރާތުން ބުނެފައި ވަނީ އެއީ މުއިއްޒަށް ސިޔާމު ދެއްވި އެހީއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ