ނުކުޅެދުންތެރިކަމެވެ ބުނެވެނީ ޚާއްޞަ ސިފަތަކަކަށެވެ. ޚާއްޞަ ކަންތައް ތަކަކަށެވެ. އެކިމީހުންގެ ގައިގައި އެކަން ހުންނާނީ އެކިވަރަށެވެ. ވަރަށް ކުޑަކޮށްވެސް ހުރެދާނެއެވެ. ވަރަށް ބޮޑުކޮށްވެސް ހުރެދާނެއެވެ. ބަލަހައްޓަން ވަރަށް ބޮޑު ބުރައަކަށްވާ ގޮތަށްވެސް އެފަދަ ކުއްޖަކު ދެއްވަވައިފާނެއެވެ.
އަހުރެންނަކީވެސް އެފަދަ ކުދިން ބަލަހައްޓާނެ ގޮތް ބެލެނިވެރިންނަށް ދަސްކޮށްދިން ޓީޗަރަކީމެވެ. ވީމާ އަހުރެންނަށްވަނީ ވަރަށް ގިނަ ކަންތައްތަކެއް ފެނިފައެވެ. އެފަދަ ކުދިންނާއިމެދު މައިންބަފައިން މާޔޫސްވާވަރާއި މައިންބަފައިން އުފުލާ ބުރަވަނީ ވަރަށް ގާތުން ފެނިފައެވެ.
މައިންބަފައިން ޔަޤީންކުރާށެވެ! އެފަދަ ކުދިން ދުނިޔެއަށް އުފައްނަކުރައްވަވާ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކުއްޖާގެ ކަންކަން ބަލަހައްޓަން މައިންބަފައިންނަށް އުފުލަންޖެހޭނެ ބުރަވެސް ދެނެވޮޑިގެންވެއެވެ.
ކަންބޮޑުނުވާށެވެ! މާޔޫސްނުވާށެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅުން އެއްވެސް މީހަކު މަޙްރޫމް ނުކުރައްވަވާނެތެވެ. މައިންބަފައިންވެސް އަދި ކުއްޖާވެސް މަޙްރޫމް ނުކުރައްވަވާނެތެވެ. ﷲ ތަޢާލާ ޙަވާލުކުރެއްވެވި އަމާނާތް ރަނގަޅު ގޮތުގައި ބަލަހައްޓައިފިނަމަ އެމީހަކަށް ﷲ ތަޢާލާ ލައްވަވާނެ ބޮޑު ރަޙްމަތް ވަޒަންކުރަންވެސް ނުއެނގޭނެއެވެ. ނުކުޅެދުންތެރިކަމެއް ނެތް އެތައް ބައިވަރު ކުދިން ރަނގަޅު ގޮތުގައި ބެލުމުން ދެއްވަވާ ޘަވާބަށްވުރެ އެތައް ގުނައަކަށް އިތުރަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ވީމާ ކިތަންމެ ދަތިޙާލެއްގައިވެސް ކިތަންމެ ބޮޑު ނުކުޅެދުންތެރިކަމެއް ހުރި ކުއްޖަކު ނަމަވެސް ﷲ ތަޢާލާ ދެއްވަވައިފިނަމަ ވީހާ ރަނގަޅަކަށް ބަލަހައްޓާށެވެ! ތަނަވަސްކަން ނެތުމުން ދަރިފުޅަށް ކޮށްނުދެވޭ ކަންކަމަކަށް ކަންބޮޑުނުވާށެވެ! އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ!
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން
ބިލާލް އައްސަދުގެ މިވާހަކަކޮޅު އެނގުމުން ނުކުޅެދުންތެރި ދަރިއަކު ބަލަންޖެހިގެން އެއްވެސް ބެލެނިވެރިއަކު ކަންބޮޑެއް ނުވާނެ! ކުރާނީ އުފާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ