ކޮލޮމްބޯ، ސްރީލަންކާ (ސެޕްޓެމްބަރު 10) - ސްރީ ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔާތްތައް ކަނޑާލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުގައި އިނާޔަތްތައް ކަނޑާލުމަށް ތާއިދުކޮށް 151 މެންބަރުން ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.
މި ނިންމުމާއެކު އެ ގައުމުގެ ކުރީގެ ރައީސުންނަށް ދެމުންދާ ހައުސިން، ޕެންޝަން، ދަތުރުފަތުރުގެ ހަރަދު، އެލަވަންސްތައް އަދި އޮފީސް ހިންގުމަށް ދޭ ފައިސާ އެއްކޮށް ކަނޑާލާނެ އެވެ.
މިވަގުތު ލަންކާގައި ކުރީގެ ރައީސުންގެ ގޮތުގައި ފަސް ބޭފުޅުން އެބަތިއްބެވި އެވެ.
އިނާޔަތްތައް ކަނޑާލުމަކީ މިހާރުގެ ރައީސް އަނުރަ ކުމަރަ ޑިސަނަޔެކެގެ އިންތިހާބީ ވައުދެކެވެ.
ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލައިފި ލަންކާގެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ