އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ވާތީ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ހުސެއިންގެ ގާނޫނީ ވަކީލު، އިބްރާހިމް ޝިޔާމް ވިދާޅުވީ ފުލުހުން ހުސެއިން ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
"ހުސެއިން ހައްޔަރު ކުރީ ކުށެއްގެ ތުހުމަތުގައެއް ނޫން، ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫނީ މީހެއްގެ ގައިގައި އަތްލާ ހައްޔަރު ކުރުމުގެ ގާނޫނީ ބާރެއް ފުލުހުންނަކަށް ލިބިގެނެއް ނުވޭ، އެހެންވީމާ ހުސެއިން ހައްޔަރު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް، ފުލުުހުންނާ ދެކޮޅަށް ދައުވާ ކުރާނަން،" ޝިޔާމް ވިދާޅުވި އެވެ.
ހުސެއިން ހައްޔަރު ކުރީ ރޭ މާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ހުސެއިން ފޮޓޯއެއް ނަގާފައިވާތީއާއި، އެ ފޮޓޯ ޑިލީޓު ކުރަން ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުން ކަމަށެވެ. އެއީ ޑްރަގު އެންފޯސްމަންޓުގެ އޮޕަރޭޝަނެކެވެ.
ހުސައިންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމުގައި ބުނެފައިވާ ގޮތުން އޭނާ ބަންދު ކުރެވުނީ 14 ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭތީ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގައިގައި އަތްލުމާއި، ޖެހުމާއި، ކުށެއް ކުރަން އެދުމާއި، ކުށެއް ކުރަން އުޅުން ފަދަ ތުހުމަތުތަކެވެ.
މި ހުރިހައި ތުހުމަތުތަކެއް ކުރިނަމަވެސް، ކޯޓުގައި ފުލުހުން ބުނީ ހުސައިން ހައްޔަރު ކުރީ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރި ވަގުތު އެތަނުގައި ހުރެފައި ހުސެއިން ފޮޓޯއެއް ނަގާފައިވާތީއާއި، އެ ފޮޓޯ ޑިލީޓު ކުރަން ތަކުރާރުކޮށް އެންގުމުން ވެސް ފޮޓޯ ޑިލީޓު ނުކޮށް އިތުރު ފޮޓޯ ނަގަން އުޅުމުން ކަމަށެވެ. އެހެންނަމަވެސް ހުސައިން ބަންދުގައި ބެހެއްޓުމަށް އެދި ހުށަހެޅި ފޯމުގައި ފޮޓޯ ނެގުން ކުށެއްގެ ގޮތުގައި ފާހަގަކޮށް، އޭނާގެ މައްޗަށް ތުހުމަތެއްކޮށްފައެއް ނުވެ އެވެ.
މަންޒަރު ދުށް މީހުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ.
ހުސެއިން ހައްޔަރު ކުރި ވަގުތު އޭނާގެ އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ހުސެއިންގެ ލޯޔަރު، އިބްރާހިމް ޝިޔާމް ރޭ ވިދާޅުވި އެވެ.
ހުސެއިންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން ހުސެއިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
ހުސެއިން ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާނަން: ވަކީލު ޝިޔާމް ހުސެއިން ހައްޔަރުކުރީ ގާނޫނާ ހިލާފަށް، ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާނަން: ވަކީލު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ