މަަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ޕީއެންސީއަށް!

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ދިފާއުގައި އެންމެ ބޮޑަށް މަޖިލީހުގައި ބަހުސް ކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންސީ) އަށް ސޮއި ކުރައްވައިފި އެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ޖެހި، ޕާޓީ ދެބައިވެގެން ދިޔައިރު ރައީސް ސޯލިހުގެ ދިފާއުގައި ނިކުމެ އެންމެ ބޮޑަށް އެމަނިކިފާނު ދިފާއު ކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުއްލި ގޮތަކަށް ޕާޓީން ވަކިވެވަޑައިގަތީ މީގެ ދެ ދުވަސް ކުރިންނެވެ. ސިޔާސީ މަސައްކަތާއި ދުރަށް ޖެހިވަޑައިގަތީކަމަށް ވާހަކަތައް ދެކެވުނު ނަމަވެސް މީޑިއާތަކުން ވަނީ މެލެޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރު މަރިޔަމް މިޒްނާ ޝަރީފް އެ މަގާމުގައި ބެހެއްޓުމަށް ސަރުކާރުން ނިންމިކަން ރިޕޯޓުކޮށްފަ އެވެ.
އެއާއި އެކު ސޯޝަލް މީޑިއާގައި ވަނީ އެގޮތަށް ނިންމާ އެހެން ނިންމުންތަކާއި އެކު، ޝަރީފެކޭ އެއްގޮތަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕާޓީން ވަކިވާނެކަމަށް ތުހުމަތުކޮށްފަ އެވެ. ޝަރީފާއި އެކު މިރޭ ޕީއެންސީއަށް އެމްޑީޕީގެ 13 މެމްބަރެއް ސޮއި ކުރި އެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުންނަކީ:
1- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
2- ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
3- މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް
4- އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
5- ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
6- ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް
7-މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރް
8-މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
9-ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު
10- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ
11- ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު
12- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
13- ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ