ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ޖަލު ހުކުމެއް އިއްވި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން މިއަދު މިނިވަންވެއްޖެ އެވެ.
ކްރިިމިނަލް ކޯޓުން ނެރުނު ގެގް އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހްޒާން ޖަލަށްލީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ޖަލު ހުކުމް ތަންފީޒު ކުރުމާއެކު، މިއަދު ޝަހުޒާން ވަނީ ހުޅުމާލެ ޖަލުން ދޫކޮށްލާފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ހަމަ އެ ދުވަހު 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުއަށް ވެސް ވަނީ 10 ދުވަހުގެ ޖަލު ހުމކުމެއް އިއްވާފައެވެ. އެ މުއްދަތު ހަމަވުމުން މި މަހުގެ 22 ވަނަ ދުވަހު އޭނާ ވަނީ މިނިވަންވެފައެވެ.
ޝަހުޒާނަށް ފިޔަވަޅު އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފައެވެ. އަދި އޭގެ ފަހުން ރައީސް އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް 'އަދަދު' ނޫހަށް ނުވަދެވޭނެ ގޮތަށް ވަނީ މަނާކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. ހަމަ އެހެންމެ މި މައްސަލައިގައި ތުހުމަތުގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަަހައްޓާފަައެވެ.
"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައިވާ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކޮށް، އޭގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ދެއްކުމާއި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ދައްކައި، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތު ފަތުރާ ނަމަ، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެއެވެ.
ގެގް އަމުރާ ހިލާފުވެގެން ޖަލަށްލި ޝަހުޒާން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ