ލ.ގަމުގައި ކުޑަކުއްޖަކަށް ކަރަންޓުޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ލ. ގަމުގައި ކުޑަކުއްޖަކަށް ކަރަންޓް ޖެހި، ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން، ކުޑަކުއްޖާ އަށް ކަރަންޓު ޖެހުނީ، އީދަށް ތައްޔާރުވުމުގެ ގޮތުން، ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި، މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ، ކުޑަކުއްޖާއަށް ކަރަންޓުޖެހުމާއެކު، ވަގުތުން ލ. ގަމު ރީޖަނަލް ހޮސްޕިިޓަލަށް ގެންދެވ. ، ފަރުވާދެވެން ފެއްޓުނުކަމަށެވެ. ނަމެވެސް ކުޑަކުއްޖާއަށް ލިބުނު އަނިޔާ ސީރިއަސްވުމާއެކު އެ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފެށުނުކަމަށެވެ. އަދި އިތުރުފަރުވާ ދިނުމަށް މިހާރު މާލެ ފޮނުވާލައިފިވާ ކަމަށްވެސް އެރަށުން ވާހަކަދެއްކި ފަރާތުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ