އީދު ފާހަގަކުރުމުގައި އިސްލާމީ ޝަރުއީ މިންގަނޑަށް ނުފެތޭ ކަންކަމުން ދުރުވާންޖެހޭ
އީދު ފާހަގަކުރުމުގައި އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ ކަންކަމުން ދުރުވާންޖެހޭ ކަމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައްވައިފި އެވެ."އީދުގެ އަދަބުތައް" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ހުތުބާގައި ބުނީ، މިއަދަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތަކުގެ ތެރެއިން ދުވަހެއް ކަމަށެވެ. ޢީދުގައި މުސްލިމުންނަށް މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއްކަމަށް ވެސް ހުތުބާގައި ބުންޏެވެ.ހުތުބާގައި ބުނީ، ޙައްޖު މަސް ފެށުމާއެކު އެމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކާއި ބާޒާރުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުން ސުންނަތްވެގެންވާ ކަމަށެވެ.އީދު ހުތުބާގައި ބުނީ ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަމަށެވެ.އަދި އީދުގެ އުފަލުގައި މުސްލިމުންގެ ހުރިހާ އަޚުންނާއި އުހުތުން ބައިވެރިކުރުމަށް ގޮވާލައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އީދުގެ އުފަލުގައި ބައިވެރިނުވެވި ނިކަމެތިހާލުގައާއި، ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ތިބިކަން މިއަދު ހަނދާންކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.މިގޮތުން މިއަދު އީދު ފާހަގަކުރާއިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށްދިނުމަށް ޚުޠުބާގައި ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ