ދިރާގުގެ މި ފަހަރުގެ އީދު ބޮނޑިބަތުގެ ހަރަކާތުގައި ވެސް މިއަދު ގިނަ ބަޔަކު ބައިވެރިވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އަޟްހާ އީދާ ގުޅުވައިގެން 'ދިރާގު އީދު ބޮނޑިބަތް' ބެހީ އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލްގެ ވެސް އެހީތެރިކަމާ އެކު މާލޭގަ ވެ.
މިއީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި
އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން، ބޮޑު އީދުގެ
އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން
އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދުގެ ބޮނޑިބަތުގެ ހަރަކާތުގައި ވެސް ވަރަށް ގިނަ ބަޔަކު ބައިވެރިވެ، އީދުގެ އުފާވެރިކަމާއި އެކުވެރިކަން އާލާކުރި އެވެ.
މި ހަރަކާތުގެ އިތުރުން ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ
އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް
އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިރާގު އީދު ބޮނޑިބަތަށް ބޮޑު ތަރުހީބެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ