މި ފަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ހަރަކާތްތައް އުރީދޫއާ ގުޅިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އޭގެ ތެރެއިން އުރީދޫގެ ޓީމުން ވަނީ މިއަދު މާލެ އާއި
ހުޅުމާލޭގައި އީދު ބޯކިބާ ބެހުމުގެ ހަރަކާތް ބާއްވައިފަ އެވެ. މިއީ ޒަމާނުއްސުރެ އީދު ނަމާދަށް ފަހު، ހެނދުނުގެ ސަޔާ އެކު ބޯކިބާ ކެއުމުގެ ސަގާފީ އާދަކާދައާ ގުޅުވައިގެން އުރީދޫން
ބޭއްވި ހަރަކާތެކެވެ. އަަދި އީދުގެ އުފާ ފާހަގަކޮށް، އާއިލާތަކަށް ހިނިތުންވުމާއި
އެކުވެރިކަމުގެ ވަގުތުތަކެއް ފަހިކޮށްދިނުމަށް، އުރީދޫގެ ފަރާތުން ވަނީ ރާއްޖޭގެ
އެކި ރަށްރަށުގައި ތިބި ކުޑަކުދިންނަށް ހާއްސަކޮށް އީދު ހަދިޔާ ބަހައިފަ އެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގައި އެމްއެންޑީއެފުން އިންތިޒާމުކުރާ 'ޢީދު އުފާ' ކުޑަކުދިންގެ ހަވީރުގެ
ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި
އުރީދޫން ވަނީ އެ ހަވީރުގައި ފޯމް ޕާޓީ ބޭއްވުމަށް އެހީތެރިވެފަ އެވެ. އަދި އުރީދުއަކީ ތ. ކިނބިދޫގެ 'ބޮޑު ކުނބުސް' ސަަގާފީ
ހަރަކާތުގެ އެއް ޕާޓްނަރެވެ. މިއީ އެ ރަށުގެ ރައްޔިތުން އެކުވެގެން ސަގާފީ ބޮޑު
ކުނބުސް ފިހެ، ރަށުގެ ކޮންމެ ގެއަކަށް އީދު ހަދިޔާއެއްގެ ގޮތުގައި ބަހައި، ވަރަށް
ފާހަގަކޮށްލެވޭ ތާރީހީ އަދި ސަގާފީ ހަރަކާތެކެވެ.
ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި
ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ އީދު އުފާ ފާޅުކުރުމުގެ
އެކި ހަރަކާތްތަކުގައި، އޫރީދޫ މޯލްޑިވްސް އިން "ޑިޖިޓަލް ޕާޓްނަރު" ގެ ގޮތުގައި
ވަނީ ބައިވެރި ވެފަ އެވެ. ޕާޓްނާ ވެފައިވާ ހަރަކާތްތަކުގެ ތެރޭގައި:
- އައްޑޫ ސިޓީ ކައުންސިލުން
އިންތިޒާމުކުރާ "އައްޑޫ ސިޓީ އީދު ސަމާ 1447
- މިޝްކާތު ފައުންޑޭޝަނުން މަރަދޫފޭދޫގައި
ބާއްވާ "މަރަދޫފޭދޫ އީދު ފޯރި 1446"
- ބ. ކަމަދޫ ކައުންސިލުން ބާއްވާ
"ކަމަދޫ އީދު އުފާ 1447"
- ރ. ރަސްމާދޫ ކައުންސިލްގެ "ރަސްމާދޫ އީދުލްއަޟްޙާ 1447"
- ރ. ދުވާފަރު ކައުންސިލްގެ "ދުވާފަރު އަލްހާ އީދު ފޯރި 1447"
- ކ. ތުލުސްދޫ ކައުންސިލްގެ "ތުލުސްދޫ އަލްހާ އީދު 1447"
- ގދ. މަޑަވެލި ކައުންސިލްގެ "މަޑަވެލި ބޮޑު އީދު 1447"
- ވައި.ޑީ ސްޕޯޓްސް ކްލަބުން ވިލިމާލޭގައި
ބާއްވާ "ވައި.ޑީ ވިލި އީދު ފޯރި"
އުރީދޫން ކޮންމެ އަހަރަކު ވެސް އީދު ހަރަކާތްތައް ބޭއްވުމަށް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ހަރަކާތްތައް އުރީދޫއާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ