ދިރާގު އީދު ބޮނޑިބަތް ހަރަކާތް ކުރިއަށް ގެންގޮސްފި
ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަބައެއްގެ ބައިވެރިވުމާއި ތަރުހީބާއެކު ކުރިއަށް ގެންގޮސްފިއެވެ.މި ހަރަކާތަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށް ދިރާގުން ބުނެއެވެ.މި އަހަރުގެ އީދު ބޮނޑިބަތް ބަހާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައާއި، މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގަ އެވެ.މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ