ހައްޖަށްދިޔަ ދިވެހި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އަތުވެއްޖެ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ. 
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ހުރިހާ ހައްޖުވެރިން އެނބުރި ރާއްޖެ އައިސްފައިވާއިރު، މި އަހަރަކީ ހައްޖުގެ ކަންކަމުގައި ކާމިޔާބު އަހަރެއް ކަމަށެވެ. 
"މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެެއިން ހައްޖަށް ދިޔަ އެންމެން ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އެނބުރި އަތުވެއްޖެ. މިއަހަރަކީ ހައްޖުގެ ކަންކަމުގައި ކާމިޔާބު އަހަރެއް. އެންމެހައި ހާޖީންނަށް މަބްރޫރް ހައްޖަކަށް އެދެން،" ޝަހީމް ވިދާޅުވި އެވެ. 
ރާއްޖެއިން މި އަހަރު 1،000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ. އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 11،000 މީހުންގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ