ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފި

ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކުރުމުން ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވާތީ އެ ޝަކުވާ އަންނަނީ ކުރަމުންނެވެ. 'ސަން' އިން ސުވާލުކުރުމުން ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރީ ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވާތީ ޓްރެފިކް ޕޮލިހުންގެ ފަރާތުން އެދުމުން ކަމަށެވެ. މި ބަދަލާއެކު އޯކިޑު މަގުން ނިކުމެ، ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ނިކުމެވެއެވެ. https://x.com/MaleCitymv/status/2069012563493539922 މި ބަދަލު ގެނެސްފައި ވަނީ ބޭރުމަގުގެ މަސައްކަތް ނިމި މިހާރު ބަންދުކޮށްފައިވާ ސަރައްދު ހުޅުވުމުގެ ނިޔަލަށެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އެ މަގު ތަރައްގީކުރުމުގެ މަސައްކަތް ފެށީ ނިމުނު މާޗު މަހުގެ 23 ވަނަ ދުވަހުގައެވެ. އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީއިން ވަނީ މަގު ފުޅާކުރުމުގެ މަސައްކަތް ނިންމާ އަންނަ ޖުލައި 26ގެ ކުރިން އެ މަގު ހުޅުވާލެވޭނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ