ޒާތީ މަޢުލޫމާތުތައް ރައްކާތެރިކުރުމަށް އެކުލަވާލި އައު ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހެޅުއްވި މި ބިލު މަޖިލީހުން ބަލައިގަތީ 66 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ޤާނޫނީ ގޮތުން ކަނޑައަޅައި، ޑޭޓާ ލީކުވުން ފަދަ ނުރައްކާތަކުން ރައްޔިތުން ރައްކާތެރިކުރުމެވެ. މި ޤާނޫނު އަމަލުކުރަން ފެށުމުން، ޑޭޓާ ބޭނުންކުރާ ކުންފުނިތަކާއި އެޖެންސީތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރެގިއުލޭޓް ކުރެވިގެންދާނެއެވެ.
މި ބިލު ތަންފީޒުކުރުމުގެ އެންމެހާ ޒިންމާތައް މަތިކޮށްފައި ވަނީ އަލަށް ކަނޑައަޅާ “ޕްރައިވަސީ ކޮމިޝަނަރު” އަށެވެ. މި މަޤާމުގެ މަސައްކަތްތައް ހަވާލުކުރާނީ މިހާރު ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ފަރާތްތަކަށް ޑޭޓާ ފޮނުވުމުގައި އަމަލުކުރަންވީ މިންގަނޑުތަކާއި، ޑޭޓާ ބްރީޗްވުމުން އަމަލުކުރަންވީ ގޮތްތައް ވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.
ނިކޮޓިން ޗުއިންގަމާއި ޕެޗުން ޑިއުޓީ ކަނޑާލަން ގާނޫނަށް އިސްލާހެއް ރައީސް ތަސްދީގުނުކުރެއްވި ގުނަވަން ޓްރާންސްޕްލާންޓް ބިލު އިޖުތިމާއީ ކޮމިޓީއަށް މިސްކިތަށް ގެއްލުންދޭ މީހަކީ ޓެރަރިސްޓެއް! މަޖިލީހަށް މުހިންމު ބިލެއް ޒުވާނުން ޔުނިފޯމް އެޅި ހިދުމަތްތަކަށް ނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ