ރާއްޖޭގައި ކަރަންޓު ބިލްތައް ބޮޑުވާން ފެށީ ޑިޖިޓަލް މީޓަރުގެ ބޭނުން ކުރަމުން ދިއުމުގެ ސަބަބުން ކަމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ކަރަންޓު ބިލްތައް ބޮޑުވަމުން އަންނަނީ ޑިޖިޓަލް މީޓަރުތަކަށް ބަދަލުކުރި ފަހުން ކަމަށާއި އެއީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމެއް ކަމުގައެވެ.
“އަޅުގަނޑަށް ވެސް އެބަ ހީވޭ ޑިޖިޓަލް މީޓަރުތައް ތައާރަފްކުރުމުގެ ސަބަބުން ކަރަންޓު ބިލްތަކަށް ބަދަލުތައް އަންނަހެން.”
އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އިބްރާހިމް ދީދީ ވިދާޅުވީ ބިލްތައް ބޮޑުވާ ކޮންމެ ފަހަރަކު ސަރުކާރުން ބުނަމުންދަނީ އެއީ ހޫނު ގަދަވުމުގެ ސަބަބުން ވާކަމެއް ކަމަށާއި, ކުރީ ސަރުކާރުގައިވެސް މި ސަރުކާރުގައިވެސް އެކަން ކުރަމުންދަނީ އެގޮތަށް ކަމަށެވެ.
ނަމަވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަންޏާ އެކަން ހިނގަމުންދާ ގޮތް ސަރުކާރުން ބަލަން ޖެހޭ ކަމަށެވެ.
ސްޓެލްކޯއިން ޑިޖިޓަލް މީޓަރުތައް ހަރުކޮށްގެން ކަރަންޓު ބިލްތަކަށް ބަދަލު ގެންނަމުންދާކަމަށް އައިބީ ތުހުމަތު ކޮށްފައިވާއިރު, ސްޓެލްކޯއިން ކަރަންޓު ބިލް ބޮޑުކޮށް ފައިސާ ނަމަގެމުންދާ ކަމުގެ ތުހުމަތާއެކު, ބިލްތައް ކުޑަކުރުމަށް މުއިއްޒު މީގެ ކުރިން އަންގާފައިވެއެވެ.
އެހެންނަނަމެވެސް މިމަހުގެ ބިލްތައް ގޭބިސީތަކަށް އައިއިރު ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވެެގެން ރައްޔިތުންދަނީ ޝަކުވާ ކުރަމުންނެވެ. އެހެންނަމަވެސް އެ ޝަކުވާތަކަށް ސްޓެލްކޯއިން ދެމުންދަނީ ބީރު ކަންފަތެކެވެ.
ޑިޖިޓަލް މީޓަރުތައް ބޭނުންކޮށްގެން ސްޓެލްކޯއިން ގަސްތުގައި ބިލް ބޮޑު ކުރަމުންދާކަމުގެ ތުހުމަތު މެމްބަރު އިބުރާހިމް ދީދީ ކުރައްވައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ