ސުޕްރީމް ކޯޓުގެ އިއްތިފާގުން ނިންމީ ޔާމީނާ ދެކޮޅަށް؛ ކެންޑިޑެސީގެ ދޮރު ބަންދުވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދެ ޝަރުތެއް ފުރިހަމަ ނުވާތީ، މި ފަހަރުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ އިއްތިފާގުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ މިވަގުތު ޖަލުގައި ހުންނެވި ޔާމީން އަށެވެ. ނަމަވެސް، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާ އެކު ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާތީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަންގާރަ ދުވަހު ނިންމި އެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.
މިއަދު ކުރިއަށް ދިޔައީ މި މައްސަލާގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެވެ.
ތަފްސީލް - ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނީ:
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އަދި (ޅ)ގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް
ގުޅުން ހުރި ކަމެއް - ޔާމީނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން، އެ މަނިކުފާނަށް ކުރިމަތިނުލެއްވިދާނެ ހާލަތެއްގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން 'ބެކަޕް ކެންޑިޑޭޓެއް'ގެ ގޮތުގައި ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ޔާމީން އޮތީ އަންގަވާފަ އެވެ. އެ އެންގެވުމާ އެއްގޮތަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުކޮށްފަ އެވެ.
ނަމަވެސް މިހާރު ޕީޕީއެމް އިން ބުނަނީ، މުއިއްޒު އަކީ 'ޕްލޭން ސީ' ކަމަށެވެ. 'ޕްލޭން ބީ' އަކީ ޕީޕީއެމްގެ ކެންޑިޑޭޓު ކަމަށާއި، ޔާމީންއަަށް ކުރިމަތިނުލެއްވޭ ނަމަ މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ނެރޭ އެހެން ކެންޑިޑޭޓެއް ކަމަށް ބުނެފައިވެ އެވެ.
އެ ފުރުސަތު ހޯދަން، ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ޕީޕީއެމް އިން އެހެން ކެންޑިޑޭޓަކު ނެރެން އިތުރު ފުރުސަތު ދިނުމަށް ޔާމީންގެ ފަރާތްޕުޅުން އެދިފައިވާ އެދުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ތަފްސީލް އަންނަނީ....
ލައިވް ބޮލްގް - ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ