އިންޑިއާ އާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރު ގުޅުން ގާއިމް ކުރުމަށް އެގައުމުގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރަތުވާލްއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
އިންޑީއާގެ ކޮމާސް ސެކްރެޓަރީއާ މިނިސްޓަރު ސައީދު ބައްދަލުކުރައްވާފައި ވަނީ އިއްޔެއެވެ.
އެ ބައްދަލު ކުރެއްވުމަށް ފަހު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރު ގުޅުންތައް ގާއިމްކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. ހަމައެއާއެކު އިގްތިސޯދީ ނަފާ އިތުރު ކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
އިންޑިއާ އާއެކު ި ސަރުކާރުން ގުޅުން ބަދަހި ކުރަމުން އަންނަ އިރު، އެ ގައުމުން އަންނަނީ ރާއްޖޭގައި ހިންގާ ގިނަ މަޝްރީއުތަކަށް އެހީ ފޯރުކޮށްދެމުންނެވެ. ހަ
މައެއާއެކު އިންޑިއާއިން ވަނީ ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ދަތިކަމުގެ އިތުރުން ޑޮލާރުގެ ތާށިކަމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 400 މިލިއަން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި ދިނުމުގެ އިތުރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކުރީގެ ސަރުކާރުން ވިއްކާފައިވާ ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑުތަކެއް ދެއްކުން އެކި ފަހަރުމަތިން އިންޑިއާ ސަރުކާރުން ވަނީ ފަސްކޮށް ދީފައެވެ.
މީގެ އިތުރުން ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި، އިންޑިއާ އިން އެތެރެކުރާ އަސާސީ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައި ދީފައެވެ.
މި ސަރުކާރު ވެރިކަމަށް އައި އިރު މި ސަރުކާރާ އެކު އެންމެ ގާތް ގުޅުމެއް އޮންނާނީ ޗައިނާއާއެކު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އިރު، އިންޑިއާ އާއެކު އޮތް ގުޅުން ކުޑަ ވާނެ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. މިދިޔަ ސަރުކާރުން އިންޑިއާ އާއެކު އޮތް ރަނގަޅު ގުޅުމާއެކު ރާއްޛޭގައި އިންޑިއާ ސިފައިން ތިބުމާ އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ޕީޕީއެމް އަދި ޕީއެންސީއެވެ.
އިންޑިއާ އައުޓް ކެމްޕެއިން ހިންގައިގެން ވެރިކަމަށް އައި މި ސަރުކާރުން ވަނީ ރާއްޖޭގައި ގާއިމްވެގެން ތިބި އިންޑިއާ ސިފައިން ފޮނުވާލާފައެވެ. ނަމަވެސް އިންޑިއާއާއެކު އޮތް ގުޅުން ވަރުގަދަކޮށް ދާހިލީ ގުޅުން އިތުރަށް ބަދަލިވެ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިގެ ގުޅުމާއި އިންވެސްޓްމަންޓްތައް އަންނަނީ އިތުރުވަމުންނެވެ،
އިންޑިއާ އާއެކު ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރު ގުޅުން ގާއިމް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ