ޔޫތް ޓްރެކް ޓު ކޮޕް30 އަކީ ދިވެހި ޒުވާނުންނަށް މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ މަންސައެއްގެ ގޮތުގައި ދެކެން- ޔުނިސެފް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25 ބިދޭސީން ހައްޔަރުކޮށްފި ލ. މާމެންދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓަކުން މަސްތުވާތަކެތި އަތުލައިގެންފި

ސީއޯޕީ30 އަށް އަމާޒުކޮށްގެން ބާއްވާ ‘ޔޫތު ޓްރެކް މޮކް ކޮޕް 2025’ ރާއްޖޭގައި ފަށައިފިއެވެ.
މި އިވެންޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ގެ ސްޓޭޓް މިނިސްޓަރ މިމްރާހް އިބްރާހީމް ވަނީ މޫސުމީ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކުގައި ޒުވާނުން އިސްނަގަން މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިމްރާހު އިބްރާހީމް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ޒުވާނުންގެ ހިޔާލުތަކާއި ހުނަރުތަކަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށެވެ. ހާއްސަކޮށް، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭފަދަ ދިވެހިރާއްޖެއެއް ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ޒުވާނުންނަށް ކްލައިމެޓް އެކްޝަންގެ ތެރެއަށް ވަނުމަށް ހިތްވަރުދީ، އެމީހުންގެ އަޑު އިއްވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް މުމްރާހު އިބްރާހީމް ވަނީ ފާހަގަކުރައްވާފައެވެ.
މި ‘މޮކް ކޮޕް’ ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް މޫސުމީ ބަދަލުތަކާ ގުޅޭ ބައިނަލްއަޤްވާމީ މަޝްވަރާތަކާއި، ސިޔާސަތުތައް އެކުލަވާލާ ގޮތް ދަސްކޮށްދީ، އެކަމުގައި އެމީހުންގެ ދައުރު އަދާކުރުމަށް ތައްޔާރުކުރުމަކީ މި އިވެންޓްގެ މައިގަނޑު އެއް މަގުސަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ