ސިންގަޕޫރުގައި ކުރިއަށްދިޔަ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކުރި ގައުމީ ހަތަރު ފެތުންތެރިން، އަށް ގައުމީ ރެކޯޑާ އެކު މުބާރާތް ނިންމައިލައިފި އެެވެ.
މިދިޔަ އަހަރު ގަތަރުގެ ދޯހާގައި ބޭއްވި، ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ހެދީ ހަތް ގައުމީ ރެކޯޑެވެ. މިދިޔަ އަހަރުގެ ޓީމުގައި ހިމެނުނީ، ހަމްނާ އަޙްމަދު، މުބާލް އައްޒާމް އިބްރާޙީމް، މުހައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިގް އެވެ.
މި ފަހަރުގެ ސްކޮޑުގައި ހިމެނެނީ، ރިހާން، މުހައްމަދު އާން ހުސެއިން، އަމްނާ ތަޒްކިޔާ މިރުސާދު އަދި މެރާލް އައިން ލަތީފް އެވެ. މި ޓީމުން ނިންމާލީ އަށް ގައުމީ ރެކޯޑާ އެކު އެވެ.
މި ފަހަރު ރާއްޖޭން ހެދި ރެކޯޑް ތަކަށް ބަލާއިރު، ގައުމީ ފިރިހެނުންގެ ލޯންގް ކޯސް، 200 މީޓަރު ބަޓަފްލައި އިވެންޓުގައި ވާދަކޮށް، ރިހާން ހެދި ގައުމީ ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓާއި ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި، އާން ހެދި ރެކޯޑް ހިމެނެ އެެެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގެ އިވެންޓެއްގައި، ރިހާން ވާދަކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް
މީގެ އިތުރުން، އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގައި ވާދަކޮށް މެރާލް ހެދި ގައުމީ ރެކޯޑާއި ތަޒްކިޔާ ހެދި ދެ ރެކޯޑް ހިމެނެ އެވެ. ސާދަ އަހަރުގެ ތަޒްކިޔާ ހެދި ރެކޯޑް ތަކަކީ، އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު، ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް ހެދި ގައުމީ ރެކޯޑާއި، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކޮށް ހެދި ގައުމީ ރެކޯޑެވެ.
ޓީމު އިވެންޓްތަކުގައި ހެދި ދެ ރެކޯޑަކީ، ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާއި ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ލޯންގް ކޯސް އުމީ ރެކޯރޑް އެވެ.
މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ އިވެންޓެއްގެ ތެރެއިން ތަޒްކިޔާ.--- ފޮޓޯ: ގެޓީއިމޭޖަސް
ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން މެރާލް، 16، ވަނީ އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޭޕީ ރޭސް: ޕްލިމަތު ސަމާ އޯޕަން 2025 ގައި ތިން ރެކޯޑެއް ހަދައިފަ އެވެ.
އެއީ، އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް، އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އަދި އަންހެނުންގެ ޝޯޓް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އެވެ.
މީގެ ތެރެއިން ދެ ރެކޯޑް ކުރިން ވެސް އޮތީ މެރާލް އަތުގަ އެވެ. އަދި، އެއް ރެކޯޑް އޮތީ ތަޒްކިޔާ އަތުގަ އެވެ.
ދުނިޔޭގެ ފެތުމުގެ މުބާރާތުގައި މި ފަހަރު ރާއްޖޭން 8 ގައުމީ ރެކޯޑް ދުނިޔޭގެ ފެތުމުގެ މުބާރާތުގައި މި ފަހަރު ރާއްޖޭން 8 ގައުމީ ރެކޯޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ