ސިންގަޕޫރުގެ ސަމާލުކަން ހޯދި އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުރީގެ ވަޒީރަކު ޖަލަށްލާފައިވާ އާދަޔާ ހިލާފު ކޮރަޕްޝަންގެ މައްސަލައެއްގައި ކުށްކުރުމަށް އެހީތެރިވި ކަމަށް ބުނެ ބިލިއަނަރު އޮންގް ބެންގް ސެންގް ކުށަށް އިއުތިރާފްވާން ތައްޔާރުވެއްޖެ އެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމާނިއަމް އިސްވަރަންދިންއާ އެކު ރަސްމީ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަމުން ދަނިކޮށް އޮންގް ބެންގް ސެންގް އަގުބޮޑު ހަދިޔާތަކެއް އޭނާއަށް ދެެއްވި ކަމަށް ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި ފޯމިއުލާ 1 ގްރޭންޑް ޕްރީގެ ޓިކެޓާއި ހޮޓާ އެކޮމޮޑޭޝަން ފަދަ ކަންކަން ހިމެނެ އެވެ.
ސިންގަޕޫރުގެ ވަޒީރުންނަށް މީހުންދޭ ހަދިޔާ، އެ އެއްޗެއްގެ ބާޒާރު އަގުން ފައިސާ ދައްކައިގެން ނޫން ގޮތަކަށް ބަލައިގަތުމަކީ މަނާ ކަމެކެވެ. އަދި ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކުގެ ކިބައިން ލިބޭ ކޮންމެ އެއްޗެއް ހާމަކުރަން ޖެހެ އެވެ.
އެެ ހާދިސާގެ ސަބަބުން ސިންގަޕޫރުގެ ގިނަ ބަޔަކު ހައިރާންވި އެވެ. އަދި އެކަމުގެ ސަބަބުން އެތައް ޒަމާންތަކެއް ވަންދެން ސިންގަޕޫރުން ދަމަހައްޓަމުން އައި ރީތި ޝަރަފަށް ކިލަނބުކަން ގެނުވި އެވެ.
މުޅި ގައުމުގެ ސަމާލުކަން ހޯދި ހިޔާނާތުގެ މައްސަލައާ ގުޅިގެން ޖުލައި 2023ގައި އެ ދެެ ބޭފުޅުން ހައްޔަރުކުރި އެވެ.
ދައުވާ ޝީޓްގައިވާ ގޮތުން ފްލައިޓް، ހޮޓެލްގައި ހުރުން، މިއުޒިކަލް އަދި ގްރޭންޑް ޕްރީ ޓިކެޓުގެ ގޮތުގައި 311،882 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ހަދިޔާ އިސްވަރަންއަށް ލިބިފައިވެ އެވެ.
ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ދުނިޔޭގައި ވެސް އެންމެ ބޮޑު އުޖޫރަ ލިބޭ މެމްބަރުންނެވެ. ބައެއް ވަޒީރުންނަށް 758،000 ޑޮލަރާ އެއްވަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބެ އެވެ. ސިންގަޕޫރުގެ ވެރިން އެ ބޮޑު މުސާރަ ދިފާއުކުރައްވަނީ އެ ވަރުގެ ބޮޑު މުސާރައެއް ލިބުމުން ކޮރަޕްޝަން ހުއްޓުވުމަށް އެހީތެރިވެދޭ ކަމުގެ ވައުދާ އެކު އެވެ.
ފޯމިއުލާ 1 ގްރޭންޕްރީ ސިންގަޕޫރަށް ގެނައުމުގައި އޮންގް އެހީތެރިވެދެއްވި އެވެ. އޮންގްގެ ކުންފުނި، ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ފޯ ސީޒަންސް އާއި ހާޑް ރޮކް ހޮޓެލް ފަދަ ބްރޭންޑްތައް ހިންގަ އެވެ.
އެ ޖަރީމާތައް ހިންގި ދުވަސްވަރު އިސްވަރަން ހުންނެވީ ސަރުކާރުގެ އެފް1ގެ ސްޓިއަރިން ކޮމިޓީގައި އިސް ވެރިއެއްގެ ގޮތުގަ އެވެ. އަދި އޭނާއަކީ އެފް 1އާ ގުޅުން ހުރި ވިޔަފާރީގެ ކަންކަމުގައި ޗީފް ނެގޯޝިއޭޓަރެއްގެ ގޮތުގަ އެވެ.
އޮންގްގެ މައްޗަށް ކުރާ ތުހުމަތަކީ އިޝްވަރަން ދޯހާއަށް ދިއުމަށް ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް ދަތުރެއް ހޯދައިދިނުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތެވެ. އެ ހަރަދުތަކުގެ އަގު 16،000 ޑޮލަރަށް ވުރެ މައްޗަށް އަރަ އެވެ.
އޭގެ އިތުރުން ދޯހާއިން ސިންގަޕޫރަށް ބިޒްނަސް ޓިކެޓަށް، ސިންގަޕޫރު ގްރޯން ޕްރީއަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
ދައުލަތުގެ މުވައްޒަފަކަށް ހަދިޔާ ދިނުމަށް އެހީތެރިވެދިނުމުން ދެ އަހަރުދުވަހުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އަދި އަދުލު އިންސާފަށް ހުރަސް އެޅުމަށް އެހީތެރިވުމުގެ ކުށުގައި އޭނާގެ މައްޗަށް ގިނަވެގެން ހަތް އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
އޮންގް 1946 ވަނަ އަހަރު އުފަންވީ މެލޭޝިއާގަ އެވެ. އޭނާ ކުޑައިރު ސިންގަޕޫރަށް ހިޖުރަކޮށް 1980ގެ އަހަރުތަކުގައި ހޮޓަލާއި މުދަލުގެ ވިޔަފާރިއެއް އުފެއްދެވި އެވެ.
އޮންގަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބޯންމެރޯ ކެންސަރަށް ފަރުވާ ހޯއްދަވަމުން އަންނަ ބޭފުޅެކެވެ. އަދި ބޭސްފަރުވާ އާއި މަސައްކަތާ ގުޅޭ ކަންކަމުގައި ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ މީގެ ކުރިން ކޯޓުން ވަނީ ދީފަ އެވެ.
އޭނާގެ ކުންފުނި، ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑުން މީގެ ކުރިން މިދިޔަ އޭޕްރީލް މަހު ބުނެފައި ވަނީ އޮންގް މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށާއި އޭނާ އިސްތިއުފާ ދެއްވަނީ "އޭނާގެ ސިއްހީ ހާލަތަށް ފަރުވާ ހޯއްދެވުމަށް" ކަމަށެވެ.
ސިންގަޕޫރުގެ އޮންގުގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ބެލެވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ