ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ބޯޑުން ހުސްވާ 4 މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ޖުމްލަ ހަތް މެންބަރުން ތިއްބަވާ މީރާ ބޯޑުގެ ހަތަރު މަގާމެއް ހުސްވަނީ މި މަހު 31އަށް އެ މެންބަރުންގެ ދައުރުގެ މުއްދަތު ހަމަވާތީ އެވެ.
އެހެންވެ އެ ހަތަރު މަގާމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން ރައީސް މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
ރައީސް މިކަމާ ގުޅޭ ގޮތުން ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފަ އެވެ.
ތަފްސީލު - އެ ސިޓީގައި ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި އޮތް ހަތަރު ބޭފުޅުންނަކީ:
މުހައްމަދު އިމްތިނާން ސައުދުﷲ، ފަތިސް/ގދ. ތިނަދޫ
އިސްމާއީލް ހަމްދޫން، ހ. ސިތާރާ ވާދީ
އައިޝަތު ޝަޒްރާ، ނިވައިދަށުގެ/ގދ. ގައްދޫ
އިދުހާމް ހުސައިން، މ. ޖަވާހިދުވާދީ
ލިސްޓުގެ އެންމެ ކުރީގައި އޮތް އިމްތިނާނަކީ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވާ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީގެ ދަރިކަލުންނެވެ.
ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށެވެ. ސައުދުﷲއަކީ އެ ކޮމިޓީގެ ނައިބު މުގައްރިރެވެ.
މި ލިސްޓުގައި ދެން ތިއްބެވި ބޭފުޅުން ތަރުތީބުން:
އުމަރު އަހްމަދު ހުސައިން، މ. ތުހުރާ
މުހައްމަދު އަހްމަދު، ދަފްތަރު ރސ.5204
މުމްތާޒު އަބްދުއްރަޝީދު، މުރިގު/ހދ. ހަނިމާދޫ
މަރިޔަމް ޖުވޭރިއްޔާ، އުވިގަސްދޮށުގެ/ސ. މީދޫ
އަހްމަދު މައުސޫމް، ވ. މިޔަރެސް
އަހްމަދު ނަޒީފް މުހައްމަދު، ތެމާ/ޅ. ހިންނަވަރު
ހުޝާމް ވަހީދު، ގ. މާލެހިޔާ2 15-3
މަރިޔަމް ޝައްފައު ޝަރީފް، ޒިންދަގީ/ގދ. ތިނަދޫ
އަބްދުﷲ މިފްރާޒް ނިޒާރު، ގ. އޮއްޓަރު
އަހްމަދު އަލީ، ހުޅުމާލެ ފްލެޓް 1-ޖީ108
މީރާގެ ބޯޑުގެ 4 މަގާމަށް 14 ނަމެއް؛ ލިސްޓުގެ ކުރީގައި ސައުދުﷲގެ ދަރިކަލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ