އުރީދޫއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ރަހްމަތްތެރިކަމުގެ ދެ މެޗު ކުޅެފި
އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ އިހްތިފާލުތައް ފެށުމުގެ ގޮތުން އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުންނާ އެކު ޚާއްސަ ރަހްމަތްތެރިކަމުގެ ދެ މެޗެއް އިއްޔެ ކުޅެފިއެވެ. އެގޮތުން އުރީދޫން އިއްޔެ ހަވީރު ރަހްމަތްތެރިކަމުގެ މެޗުތައް ކުޅުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ހަބޭސް ބޮޑުބެރު ގްރޫޕާ ދެކޮޅަށެވެ. މާޒިޔާގެ މެނޭޖްމަންޓާ ދެކޮޅަށް އުރީދޫގެ މެނޭޖްމަންޓުން ކުޅުނު ރަހްމަތްތެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޯ: އުރީދޫ މި ދެ މެޗުގެ ތެރެއިން މާޒިޔާގެ މެނޭޖްމަންޓާ ދެކޮޅަށް ކުޅުނު މެޗުން ހަތް ލަނޑު ހަތަރު ލަނޑުން އުރީދޫގެ މެނޭޖްމަންޓް ބަލިވިއިރު، ހަބޭސް ބޮޑުބެރު ގްރޫޕާ އެކީ ކުޅުނު މެޗުން ހަ ލަނޑު ފަސް ލަނޑުން އުރީދޫ ކްލަބް ވަނީ މޮޅުވެފައެވެ. ދެ މެޗަށް ފަހު، 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އުރީދޫން ކޭކު ވެސް ފަޅާފައިވެއެވެ. މެޗުތައް ނިންމާލުމަށް ފަހު އުރީދުއާއި މާޒިޔާއިން ކޭކު ފަޅަނީ --- ފޮޓޯ: އުރީދޫ ޤަތަރުގެ ވަތަނިއްޔާ ޓެލެކޮމް (މިހާރުގެ އުރީދޫ) ކުންފުނީގެ ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރަން ސަރުކާރުން ނިންމީ ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކަކާ އެކުގައެވެ. އެއީ، އެ ޚިދުމަތް އާންމުންގެ އަތްފޯރާފަށަށް އަގުތައް ތިރިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އޭރު ވިސްނުމުން ގެނައި ބަދަލެކެވެ. ސަރުކާރުގެ މި ނިންމުމާ އެކު، އުރީދޫން ރާއްޖެއާ ގުޅާލަދިން ސަބްމެރިން ކޭބަލް އިފުތިތާހުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގައި އެ ކުންފުނިން ޚިދުމަތް ދޭންފެށިތާ އަހަރެއް ނުވަނީސް 2006ވަނަ އަހަރެވެ. އެއަށް ފަހު، ތަފާތު ޚިދުމަތަކަށް ފަހު ޚިދުމަތެއް ތައާރަފުކުރަމުން ގޮސް، މާ ގިނަ ދުވަސްތަކެއް ނުވެ، އެ ކުންފުނި 3ޖީ އާއި 4ޖީ ރާއްޖެ ގެނެސްދިނެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެ ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް 5ޖީގެ ޚިދުމަތް ވެސް ފުޅާކޮށްފައެވެ. ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މިފަދަ އެތައް ޚިދުމަތެއް އުރީދޫން ތައާރަފުކުރިއެވެ. އޭގެ ތެރޭގައި އެމް ފައިސާ އާއި، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑާއި، އެޗްޑީ ވޮއިސް ސާވިސްގެ އިތުރުން އީކޮމާސް ޕްލެޓްޕޯމް މޫލީ އާއި، ސައިން ލެންގުއޭޖް ކަސްޓަމާ ސާވިސް ކެއާ ހޮޓްލައިން ހިމެނެއެވެ. އެ ކުންފުންޏަށް ދެން އޮތީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކޮށް، ހަލުވި ސްޕީޑާއެކު އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ