ސްޓޭންޑާޑް އެންޑް އޮރިޖިންގެ ފަރާތުން ރާއްޖެއަށް މިލަފް ކޯލާ ތައާރަފުކޮށްފި

ސްޓޭންޑާޑް އެންޑް އޮރިޖިންގެ ފަރާތުން ރާއްޖެއަށް މިލަފް ކޯލާ ތައާރަފުކޮށްފިއެވެ. މިލަފް ކޯލާ ރާއްޖެއަށް ތައާރަފު ކޮށްފައިވަނީ ރޭ މާލޭގައި މިއުޒިކް ޝޯއަކާއެކު ބޭއްވި ހަފުލާއެއްގައެވެ. ގިނަ އަދަދަކަށް ހަކުރު ބޭނުން ކުރާ އެހެން ގިނަ ފިޒީ ޑްރިންކްތަކާ ޚިލާފަށް, މިލަފް ކޯލާއަކީ ކަދުރުން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. އެހެންކަމުން އެހެން "ފިޒީ ޑްރިންކް"ތަކުގައި ހުންނަ ވަރަށްވުރެ މިލަފް ކޯލާގައި ހަކުރު ހުންނަ ވަރު މަދުވާނެއެވެ. އަދި މި ކޯލާގައި އެއްވެސް ވަރަކަށް އާޓިފިޝަލް ހަކުރެއް ނުހިމެނެއެވެ. މި ބުއިމުގައި ސިއްހަތަށް ގެއްލުންދޭ މާއްދާތަކެއް ނުހިމެނެއެވެ. މިއީ ވެރޮ ފުޑްސްގެ ފަރާތުން ސައުދީ އަރަބިއްޔާގައި އުފައްދާ ބުއިމެކެވެ. މިލަފް ކޯލާ މާލެ އާއި ހުޅުމާލޭގެ ސްޓެންޑަޑް އެންޑް އޮރިޖިންގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ