ކައިވެނިކުރެވުމާއިއެކު ތިމާއަށް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ކުރި ދުޢާތައް މަތިން ހަނދާން ނައްތައިލުމަކީ ޢުމުރަށް ހިތާމަކުރަންޖެހިދާނެ ކަމެއް!

ކައިވެނިކުރެވުމާއިއެކު ތިމާއަށް ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ކުރި ދުޢާތައް މަތިން ހަނދާން ނައްތައިލެވެއެވެ. އަދި ކައިވެނިކުރެވޭނެ ގޮތް ހައްދަވައިދެއްވެވުން އެދި ކުރި ދުޢާތައްމަތިންވެސް ހަނދާން ނައްތައިލެވެއެވެ. 
އެފަދަ މީހުން ކައިވެނީގެ ކުރިން އަނެކާއަށްވީ ވަޢުދުތައްމަތިން ހަނދާންކުރާނެކަމަށް ހީކުރުމެއްވެސްނެތެވެ. ﷲ ތަޢާލާއަށްވީ ވަޢުދުތައް ހަނދާން ނައްތައިލި މީހަކު އިންސާނެއްގެ ގާތުގައި ބުނި ބަސްތައް ހަނދާނުގައި ބަހައްޓާނީ ކިހިނަކުން ހެއްޔެވެ؟ 
އެހުރިހާ ކަންކަން ހަނދާން ނައްތާލާފައި ރޭގަނޑުވާއިރަށް ގޮސް އިންނަނީ އެކުވެރިންނާިއެކުގައި މަޖާކުރާށެވެ! އެއްބައަކު ކޮފީގައެވެ. އަނެއްބައަކު ޝީޝާ ބުއިން ފަދަ ޞިއްޙަތަށް އެންމެ ގެއްލުންހުރި ކަންކަންކުރާށެވެ! 
އެކުވެރިންނޭވެ! މިގޮތަށް ކަންކަން ނުކުރާށެވެ! ކައިވެނީގެ އިޤްރާރަށް ދެމީހުންވެސް ޢަމަލުކުރާށެވެ! ރަނގަޅު ފައިދާހުރި ދިރިއުޅުމެއް އުޅެން މަސައްކަތްކުރާށެވެ! ދުނިޔޭގައިވެސް އުފަލުގައި ދިރިއުޅެ އަދި އާޚިރަތް ކާމިޔާބުކުރަން މަސައްކަތްކުރާށެވެ! 
ކޮންމެ މީހަކީވެސް މުހިންމު މީހެކެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް ޚާއްޞަ ސިފަތަކެއް ހުންނާނެއެވެ. ތިމާގެ ކިބައިގައިވާ ސިފަތައް އެނގޭނީ ތިމާއަށެވެ. ލިބިފައިވާ ހުނަރުތައް އެނގޭނީވެސް ތިމާއަށެވެ. 
ޒުވާނަކަށްވުމަކީ ރޭގަނޑު ހޭލައިއުޅެ ބޭކާރު ގޮތުގައި ވަޤުތުތައް ހޭދަކުރަން ހުއްދަލިބޭކަމެއް ނޫނެވެ. ޒުވާން ޢުމުރުގައި އަވަހަށް ނިދާނަމަ އެމީހަކަށް ޞިއްޙީގޮތުންވެސް ބޮޑެތި ފައިދާތަކެއްކުރާނެއެވެ. ދެމީހުން އެކުގައި ނިދާނަމަ ކައިވެނީގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެއެވެ. އިން ޝާ ﷲ 
ބުނަންހެއްޔެވެ؟ ކަމަކަށް އެދި ދުޢާކުރުމުން އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވަވައިފިނަމަ އެކަމެއްގައި އިޚްލާޞްތެރިވާންޖެހޭނެއެވެ. ނޫންނަމަ ޝުކުރުވެރިވާ އަޅަކަށް ނުވެވޭނެއެވެ. ވީމާ ރަނގަޅު ބައިވެރިއަކު ނުވަތަ ތިމާ ލޯބިވާ މީހާ ދެއްވެވުން އެދިގެން ކުރި ދުޢާތައް ހަނދާން ނައްތައިނުލާށެވެ. އެއިރުން ތިމާއަށް ކުރިމަތިކުރައްވަވައިފާނެ ކަންކަމަށް ބިރުވެތިވާށެވެ! ޢުމުރަށް ހިތްދަތިކަން މިންވަރުކުރައްވަވައިފިނަމަ އެމީހަކަށް އުޅެންޖެހޭނެ ޙާލަކީ ކޮބައިހެއްޔެވެ؟
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ