ކުޑަކުދިން ކުށްކުރާ ސަބަބު ހޯދަން ކުރާ ދިރާސާއަށް ކުރިއެރުން އެބަ ލިބޭ، ރަނގަޅު ފަރުވާ ދެވޭނީ އޭރުން: ޑީޖޭޖޭ

ރާއްޖޭގައި ކުށުގެ މާހައުލުގައި އުޅޭ ކުޑަކުދިންނަށް އެ ކަން ކުރާ ސަބަބު ދެނެގަތުމަށް ކުރާ ދިރާސާއަށް ކުރިއެރުންތައް ލިބެމުން އަންނަ ކަމަށާއި އެ ކުދިންނަށް ބޭނުންވާ ރަނގަޅު ފަރުވާ ދެވޭނީ ކުށްކުރާ ސަބަބުތައް އެނގިގެން ކަމަށް ޑިޕާޓުމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ)އިން ބުނެފިއެވެ. ކުށުގެ މާހައުލުގައި ކުޑަކުދިން އުޅުމަކީ އެހާ އާންމު ކަމެއް ނޫން ނަމަވެސް، އެ ކުދިން ބޭނުންކޮށްގެން އެކިއެކި ކުށްތައް ކުރުވައެވެ. ނުވަތަ ފުރާވަރުގައި ދިމާވާ އެކި ހާލަތްތަކުގެ ސަބަބުން ކުށުގެ މާހައުލުގައި އުޅޭ ކުދިންގެ ވެސް މަދެއް ނޫނެވެ. މި ވާހަކައަށް ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން އަޙުމަދު ސިއްދީގު ވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ އެ ކުދިން ކުށްތައް ކުރާ ސަބަބު ހޯދުމެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސިއްދީގު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް އެ ކަން ކުރުމަކީ ޑީޖޭޖޭގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވާއިރު، ކުށުގެ މާހައުލަށް ވަންނަން ދިމާވާ ބައިވަރު ސަބަބުތައް ހުންނާނެ ކަމަށް ސިއްދީގު ގަބޫލުކުރައްވައެވެ. "އެ ކުއްޖާ ބޮޑުވެގެންދާ މާހައުލުގެ ތެރޭގައި ކަންކަން ހުންނަ ގޮތާއި އެ ކުއްޖާގެ ރައްޓެހިންގެ ފަރާތުން ފޯރުވިގެންދާ ނުފޫޒުތަކާއި އުޅޭ މުޖުތަމައުތަކާއި މި ކަހަލަ އެތައް ބައިވަރު ސަބަބުތައް ހުންނާނެ،" ތަފުސީލުކޮށްދެއްވިއެވެ. އެ ކަމުގެ މިސާލެއް ދައްކަވައި ސިއްދީގު ވިދާޅުވީ، ކުށަށް އަރައިގަންނަ 100 ކުދިން ތިބި ނަމަ، އެ ކުދިން އެ ކަމަށް އަރައިގަންނަނީ ކީއްވެތޯ ބަލަން ދިރާސާކުރަން ޖެހޭނެ ކަމަށެވެ. އެކަން ނޭނގޭނަމަ، ރިހެބިލިޓޭޓުކުރުމުގެ ކަންކަން ގެންދެވޭނީ އެންމެ ފުރިހަމައަށް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މި ގޮތުން، ކުޑަކުދިން ކުށަށް އަރައިގަންނަ ސަބަބު ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވެ، ސިއްދީގު ވަނީ މިހާރު ކުރަމުން އަންނަ ދިރާސާއަށް ކުރިއެރުންތައް ލިބޭކަން ފާހަގަކުރައްވާފައެވެ. "އަޅުގަނޑުމެނަށް ސިމްޕޯޒިއަމްތައް އެބަ ބޭއްވޭ. އެކި ސެމިނާތައް އެބަ ބޭއްވޭ. އެ ސެމިނާތަކުގައި ބައިވެރިވާ މީހުންގެ ފީޑް ބެކް އަޅުގަނޑުމެނަށް ލިބެމުންދޭ. ނަތީޖާއަކަށް ވާނީ ރިޕޯޓުތައް ހަދާފައި، އަސްލު ސަބަބު ދެނެގަނެވޭނެ،" އޭނާ ވިދާޅުވިއެވެ. މީގެކުރިން ހިންގި ޑުރަގު އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެންޑީއޭގެ ޗެއާޕާސަންކަން ވެސް ކުރައްވާ ސިއްދީގު ވިދާޅުވި ގޮތުގައި، ކުޑަކުދިން ކުށްކުރާ ސަބަބު އެނގުމުން އެ ކުއްޖާއަށް ފަރުވާ ދިނުމަށް ހޭދަވާ ވަގުތު ކުޑަވެ، ރަނގަޅު ފަރުވާއެއް ދިނުމަށް މަގުފަހިވެއެވެ. އިލްމީ ދިރާސާ [ނިމުމުން] އެނގޭނެ އެންމެ މުހިންމު ސަބަބު. އެނގުނީމާ ދެން އަޅުގަނޑުމެނަށް އެނގޭނެ އެއަށް ފަރުވާދޭން،އެންޑީއޭގެ ޗެއާޕާސަން އަޙުމަދު ސިއްދީގު މިހާރު ވެސް ދިރާސާއެއް ހަދަމުން އަންނަ ކަމަށާއި އެ ދިރާސާ ނިމުމުން އައު ކަންތައްތަކެއް އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ދިރާސާތައް ކުރަނީ ތަޖުރިބާ ހުރި ބޭފުޅުން ކަމަށާއި އިތުރު ދިރާސާތައް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، ޑީޖޭޖޭއިން މިހާރު ބަލަމުން އަންނަ ކުޑަކުދިންގެ މައްސަލަތަކުގެ ހިސާބުތަކެއް އޭނާ ހިއްސާކުރެއްވިއެވެ. އެގޮތުން، ކުށަށް ހުށަހެޅިފައިވާ 220 ކުދިންނާއި ކުށަށް ހުށަހެޅިދާނެ ކަމަށް ގަބޫލުކުރެވޭ 162ކުދިންގެ މައްސަލަ ޑީޖޭޖޭއިން އަންނަނީ ބަލަމުންނެވެ. https://sun.mv/215496 މި މައްސަލަ މި ހަފުތާގައި ޕޮލިސް ކޮމިޝަނާ އިސްމާއިލް ނަވީން ވެސް ފާހަގަކުރެއްވިއެވެ. ސީޕީ އޭރު ވިދާޅުވީ، އަށާރަ އަހަރު ނުފުރޭ ފުރާވަރުގެ ކުދިން ކުށްތައް އެންމެ ގިނައިން ކުރާ ކަމަށް މަޝްހޫރު "ހޮޓްސްޕޮޓު"ތަކުން ފެންނަ ކަމަށެވެ. އަދި، އެ ކުދިން ކުށުގެ މާހައުލަށް ވަނުމުގެ ބިރު ބޮޑުކަމަށް ކަންބޮޑުވުމާ އެކު، ނަވީން އޭރު ވިދާޅުވިއެވެ. ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްދުމަށް ގްރޫމްކުރުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ޚާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުރާވަރު އުމުރުގެ ފިރިހެން ކުދިން ގްރޫމްކޮށް އެ ކުދިން މެދުވެރިކޮށް ކުށްތައް ހިންގާ މައްސަލަ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ