މަސް ހިފަން އުޅުމުގެ ތެރޭ، ލ. ހިތަދޫން ޒުވާނަކު މަރުވެއްޖެ
މޫދަށް އެރި މަސް ހިފަން އުޅުމުގެ ތެރޭ، ލ. ހިތަދޫން އުމުރުން 22 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ. އެ ރަށުގެ ކައުންސިލަރު ޢަބްދުލްވާޙިދު އިދުރީސް 'ސަން'އަށް މިއަދު ވިދާޅުވީ، އެ ކުއްޖާ މަސް ހިފަން އުޅުމުގެ ތެރޭ، މަސް ހިފަން ގެންގުޅުނު ދަގަނޑު ކުއްޖާގެ އަތަށް ވަދެ، ގަލެއްގައި ތާށިވި ކަމަށެވެ. "ވީގޮތަކީ މަސް ހިފަންވެގެން އުޅުމުގެ ތެރޭގައި ގެންގުޅުނު ނަނު ގަލުތެރެއަށް މަހާ އެއްކޮށް ހިފީމަ، ގެންގުޅުނު ދަގަނޑަށް މަސް ވަދެގެން ދިޔަ ގަޑީ އަތުގައި ބެދިގެން ގަލުގަ ތާށިވީ،" ޢަބްދުލްވާޙިދު ވިދާޅުވިއެވެ. ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް، ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ