ލ. ހިތަދޫގައި މަސް ހިފަން އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ
ލ. ހިތަދޫގައި މަސް ހިފަން އުޅުނު 21 އަހަރުގެ ޒުވާނަކު ގެނބިގެން ނިޔާވެއްޖެ އެވެ.ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް، ފުލުހުން ބުންޏެވެ.ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ