ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް، ކާޑުން ކުރާ ހުރިހާ މުއާމަލާތަކުން 30 ޕަސެންޓްގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތައް އެ ބޭންކުން ހަރުކަށި އިބާރާތުން ދޮގުކޮށްފި އެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިން އެންޑް މާކެޓިން ސްޓްރެޓެޖީ، މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
މި ނިންމުމަކީ ވަކި ލިސްޓެއް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް ނުވަތަ މަތީ ރޭޓެއް ދިނުމަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބޭންކުން ކަށަވަރުކޮށްދެ އެވެ.
ބޭންކުން ބުނީ މިފަދަ ދޮގު ވާހަކަތައް ފަތުރަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، ބޭންކުގެ އިތުބާރު ގެއްލުވާލުމުގެ މަގުސަދުގައި ކަމަށެވެ. އަދި މިއީ މާލީ ރައްކާތެރިކަމަށް ކުރިމަތިކުރުވާ ނުރައްކަލެއް ކަމަށް ބޭންކުން ދެކެ އެވެ. އެހެންކަމުން، މިފަދަ ދޮގު މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބީއެމްއެލްގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތުތަކަށް ރިއާޔަތް ކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރެ އެވެ.
ބީއެމްއެލްގެ ލޯނު ލިބޭ މީހުންގެ އުމުރު 75 އަހަރަށް މަތިކޮށްފި ބީއެމްއެލްގެ ޑޮލަރު ހުސްވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، މާލީ ހިސާބުތައް އާންމުކޮށްފި ކުންފުނިތަކުގެ މެދުގައި ބާއްވާ ‘ކޯޕަރޭޓް ރަން’ އަށް ބީއެމްއެލް އިން އެހީތެރިކަން ދެނީ ބީއެމްއެލްގެ ސްޕޯޓ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ