ގައުމީ ޔުނިވަސިޓީގެ ދަނާލުގައި މަރުވި ޒުވާނާގެ މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި 'މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި' 18 އަހަރުގެ އަންހެނަކު މަރުވި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މައްސަލައިގެ ވަށައިގެންވާ ހުރިހާ ހުރިހާ ކަމެއް ވެސް މިހާރު ބަލަމުންދާ ކަމަށް ބުންޏެވެ.
ފުލުހުން ބުނިގޮތުގައި:
މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫން ވަސީލަތްތަކުގައި ވެސް ދަނީ ސާބިތުނުހިފޭ އަދި ހަގީގަތާ ހިލާފު ވާހަކަތައް ދައްކަމުން
އަދި އޭގެ ވީޑިއޯ ވެސް ދަނީ ދައުރު ކުރަމުން
ފުލުހުން ބުނީ ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމެއް ކަމަށެވެ. އަދި ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.
"އެހެންވެ، ސައްހަކަން ކަށަވަރުނުކުރެވޭ މި ފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުންޏެވެ.
ދަނާލުގައި މަރުވި ޒުވާނާއާ ބެހޭގޮތުން ވާހަކަ ނުފެތުރުމަށް އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ