30 ޕަސެންޓްގެ ފީއެއް ނަގާ ކަމަށް ބުނާ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި މަޖިލީހުގެ އެންމެ ބާރުގަދަ 2 ކޮމިޓީން ނާޒިމް ވަކިކޮށްފި ބީއެމްއެލްގެ ލޯނު ލިބޭ މީހުންގެ އުމުރު 75 އަހަރަށް މަތިކޮށްފި ހާއްސަ އެހީއަށް ބޭނުންވާ މީހަކާއެކު ޖިންސީ އަމަލު ހިންގި މީހަކ

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކްގެ އެންމެ ފަހުގެ އަލްބަމް “ކޮންނަކޯލް” (Konnakol) އިޝްތިހާރު ކުރުމަށް ރޭވިފައި ހުރި ހުރިހާ ހަރަކާތްތަކެއް، އޭނާ ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމާއި ގުޅިގެން ފަސްކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ޒޭން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާކަން އޭނާގެ ސަޕޯޓަރުންނަށް ހާމަކުރީ މިދިޔަ ހަފުތާ ބަންދުގައެވެ. އޭނާ އެޑްމިޓްކުރީ ކޮން ބައްޔަކަށް ކަމެއް ސާފެއް ނުވެއެވެ.
ޒޭންގެ ފަސްވަނަ އަލްބަމް ޕްރޮމޯޓް ކުރުމުގެ ގޮތުން “ދަ ޓުނައިޓް ޝޯ ސްޓާރިންގް ޖިމީ ފެލަން” ގައި ބައިވެރިވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ސިއްހީ ހާލަތު ހުރި ގޮތުން މިހާރު ވަނީ އެކަން ފަސްކޮށްފައެވެ. އަދި އޭނާ ދިރިއުޅޭ އެމެރިކާއިން މިވަގުތު ދަތުރުކުރެވޭ ފަދަ ހާލަތެއްގައި ނެތުމުން، އިނގިރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައި ހުރި ބައެއް ހަރަކާތްތައް ވެސް ވަނީ މަޑުޖައްސާލަން ޖެހިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޒޭން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ބަލިން ފަސޭހަވުމަށެވެ. “ޕީޕަލް މެގަޒިން” އަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، ޑޮކްޓަރުންގެ ލަފާގެ މަތިން ޒޭން އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ.
ހުކުރު ދުވަހު ޒޭން ވަނީ ހޮސްޕިޓަލުގެ އެނދުގައި އޮވެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، އޭނާއަށް ހެޔޮދުއާ ކުރާ ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނި ގޮތުގައި މި ހަފުތާގައި ސަޕޯޓަރުންނާ ބައްދަލުނުވުމަކީ އޭނާ ވަރަށް ދެރަވާ ކަމެކެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ދެއްވާ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ޒޭން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތުގައި ބްލަޑް ޕްރެޝަރު ބަލާ ކަފްއެއް އޮތް އިރު، މޭގައި އީ.ސީ.ޖީ ލީޑްތައް ވެސް ހަރުކޮށްފައި ހުއްޓެވެ. ސިއްހީ ހާލަތުގެ މި އަޕްޑޭޓް ދިނުމުގެ ކުރިން ވެސް، ކިންގްސްޓަންގެ “ބެންކުއެޓް ރެކޯޑްސް” ގައި ބާއްވަން އޮތް ހަރަކާތެއް ވަނީ ކެންސަލްކޮށްފައެވެ. އެ ތަނުން ބުނި ގޮތުގައި ޒޭން ބަލިވުމުގެ ސަބަބުން އެ ހަރަކާތް ފަސްކުރަން ޖެހުމަކީ ލިބޭ ވަރަށް ބޮޑު މާޔޫސްކަމެކެވެ.
ޒޭންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭވިފައިވާ ގޮތަށް އިނގިރޭސިވިލާތަށް ދެވެން ނެތީ ބަލިވެ އުޅޭތީ ކަމަށާއި، ކެންސަލްވި ހަރަކާތްތައް އަލުން ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ އެކި ސިޓީތަކުގެ ފިހާރަތަކުގައި ބޭއްވުމަށް ހަމަޖެހިފައި ހުރި “އިން-ސްޓޯ” ހަރަކާތްތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު މެންޗެސްޓާގައި ޒޭންގެ ދެވަނަ ވޯލްޑް ޓުއާ ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި ޓުއާގެ ދަށުން އިނގިރޭސިވިލާތާއި، މެކްސިކޯ އަދި އެމެރިކާގެ އެކި ސިޓީތަކުގައި ޝޯތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޓުއާގެ އެންމެ ފަހު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 20 ގައި މިއާމީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ