ދިވެހި އަންހެން ކުއްޖަކު ގޭގައި ބަންދުވެ ކިޔެވުމުންވެސް މަޙުރޫމްވެފައި. ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެ ބޭންދި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފި 14 އަހަރުގެ މެއިޑަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ދެމީހަކު ހައްޔަރު ކޮށްފި ކުޑަ އަންހެން ކުއްޖަކަ

ސިއްހަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު އެ ވުޒާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 92 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުގެ މައްސަލަތައް ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށް ބަލައި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ މަސައްކަތް ވުޒާރާއިން ދަނީ ކުރަމުންނެވެ. އަދި އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި، މިފަދަ މައްސަލަތައް މަދުކޮށް، ދަރިވަރުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ވުޒާރާގެ އެންމެ އިސް އެއް އަމާޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ