ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ލ. ހިތަދޫގައި މަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.
ފުލުހުން މައުލޫމާތުދީފައިވާ ގޮތުގައި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 15:42 އެހައިކަންހާއިރުއެވެ. އެ ހާދިސާގައި މަރުވެފައިވަނީ އެރަށު އަމާން، އަހުމަދު ހަމްޒާން (21އ) އެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު އެ ޒުވާނާ ވަނީ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ