ބޯހިޔާވަހިކަން އެންމެ ބޭނުންވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން 7500ރ.އަށް ވުރެ ކުލި ބޮޑުނުވާނެހެން މުނިސިޕަލް ހައުސިން ސްކީމެއްގެ ދަށުން ހިޔާވަހިކަން ފޯރުކޮށްދޭން މާލޭ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ރޭ ވައުދުވެއްޖެ އެެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ޒަރިޔަންދުގެ 'ރީސެޓް މާލެ ސިޓީ' މެނިފެސްޓޯ އިފްތިތާހުކުރުން ރޭ ރަސްފަންނު ޕެވިލިއަންގައި ވަނީ ބާއްވާފަ އެވެ.
ގަވާއިދުތަކަށް ފައްތައި މާލެ ދިރިއުޅެވޭ ތަނަކަށް ހަދަން ޒަރިޔަންދުގެ ފަސް ސިޔާސަތެއް އެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އެއީ:
ބޯހިޔާވަހިކަމާއި އިޖުތިމާއީ ރައްކާތެރިކަން
ނަޒާހަތްތެރި އިދާރީ އިންތިޒާމު
ރައްޔިތުންގެ ބައިވެރިވުން، ތަހުޒީބީ ހިދުމަތް
ދުޅަހެޔޮ ރައްޔިތުން، ރޭވުންތެރި ސާފު އަމާން އުފާވެރި ސިޓީ
ތަފްސީލް - ބޯހިޔާވަހިކަމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ދަށުން ޒަރިޔަންދުގެ މެނިފެސްޓޯގައި ހިމަނާފައިވާ މި ބޯހިޔާވަހިކަން ފޯރުކޮށްދޭނީ، ގޯތި ނުވަތަ ފްލެޓަށް ފޯމު ލައިގެން ހައުސިން މިނިސްޓްރީ ދޮށުގައި ކިއޫގައި ތިބި ފަރާތްތަކުގެ ތެެރޭން ހިޔާވަހިކަމަކަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
"މުނިސިޕަލް ހައުސިން ސްކީމްގެ ދަށުން ފްލެޓުތަކެއް ބިނާކުރެވޭނެ. އެއީ އޭގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވީ، އެތައް އަހަރެއް ވެގެންދާއިރު ވެސް ބޯހިޔާވަހިކަމެއް ނުލިބި ތިބޭއިރު، ދިރިއުޅުން ނުހުއްޓި ކުރިއަށްދާ ކަމަށެވެ. އެ މީހުންގެ ދަރިން ބޮޑެތިވެ، އެ ދަރިން ވަންނާނެ ތަނެއް ވެސް ގިނަ މީހުންނަށް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އެކަހަލަ ހާލަތެއް އަންނަ ފަރާތްތަކަށް، ރައްޔިތުންގެ ބޯހިޔާވަހިކަމާއި ހާލަތު ދެނެގަތުމުގެ ވަސީލަތުގެ ތެރެއިން އަޅުގަނޑުމެންނަށް ދެވޭނެ މުނިސިޕަލް ހައުސިން ސްކީމް. އެކަމަކު މުނިސިޕަލް ހައުސިން ސްކީމަކީ ދާއިމީ ހައުސިން ސްކީމެއް ނޫން. އެއީ ވަގުތީ ހިޔާވަހިކަމެއް،" އޭނާ ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވި ގޮތުން:
އެކަމުގެ ހިސާބުތައް ޖަހާއިރު މިވަގުތުގެ ހާލަތުގައި ދެވޭނެ ކަމަށް ބެލެވެނީ މިނިމަމް ވޭޖުގެ %45އަށް ވުރެ ބޮޑުނުވާ ގޮތަށް އެއް ކޮޓަރީގެ އެޕާޓުމަންޓުތައް
ދެ ކޮޓަރީގެ ކުލި 7500ރ.އަށް ވުރެ ބޮޑުނުވާ ގޮތަށް ދެ އާއިލާއަކަށް ދިރިއުޅެވޭ ވަރަށް
"އެއީ އަޅުގަނޑުމެން ކަށަވަރުކޮށްދޭން ބޭނުންވޭ ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ތެރޭން،" ޒަރިޔަންދު ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު ލިބިފައިވާ ގޯތިތަކުގެ ތެރޭން ނުހެދި ހުރި ގޯތިތައް ހެދޭ ވަރަށް ނުވަތަ ގޯތީގެ ބީއޯކިއުގެ %25އާ އެއްވަރަށް މާލެ ކައުންސިލުން އެފަދަ މީހުންނަށް ލޯނު ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
7500ރ.އަށް ވުރެ ކުލި ބޮޑު ނުވާ ގޮތަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޒަރިޔަންދުގެ ވައުދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ