ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އަށް ނާސަރީއެއް ތަރައްގީ ކުރުމަށް އެޗްޑީސީ އާއި އެކީ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވައުދު ކަމުގައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޒަމާނީ ނާސަރީއެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމަށާއި ނާސަރީ ހިންގުމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އެކީ ފަހުމުނާމާއެއްގައި ސޮއެ ކުރުމުގެ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފަ އެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ. އަދި އެޗްޑީސީގެ ފަރާތުން މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ފަހުމުނާމާގައި ސޮއެ ކުރެއްވި އެވެ.
Advertisement
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ނާސަރީއެއް ތަރައްގީ ކުރަން ނިންމާ އެއްބަސްވުން ގާއިމުކުރުން
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެ ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރު ވަނީ ނިމިފައެވެ. މި ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެ އެވެ.
މި ނާސަރީއިން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދަމުން ދާނެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 6.6 މިލިއަން ގަސް އިންދުމުގެ އަހްދު ލިބިފައިވެ އެވެ. މިއާއި އެކު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ހަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާކަންވެސް އެ ވުޒާރާ އިން ބުނެ އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ނާސަރީއެއް ތަރައްގީ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ