24 ގަޑިއިރު ތެރޭގައި ޣައްްޒާގެ އެކި ހިސާބު ތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 45 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގައި ހަރަކާތްތެރި ވަމުންދާ ސިއްޙީ މަސައްކަތްތެރިން ބުނެފިއެވެ.
މިއަދުގެ ހަމަލާތަކުގައި އެންމެ ބޮޑަށް އަސްރުކޮށްފައިވަނީ ޣައްޒާގެ ދެކުނުގައިވާ ބެއިތް ލަހިޔާ އަދި ޚާން ޔޫނިސްއަށެވެ.
ޚާން ޔޫނިސްގައި މިއަދުގެ ހެދުނުގެ ވަގުތެއްގައި 10 މީހުންގެ އާއިލާއެއް ޝަހީދުވެފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަދި ހަމަ މި ސަރަހައްދުގައި ހުރި ބޯކޮށުމަށް ތައްޔާރުކޮށްފައިވާ ތަނަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 6 މީހުން ޝަހީދުވެފައިވާއިރު، ރަފަހަ ގައި އަންހެނަކު ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ އިތުރުން، އައް ތަވާމް ސަރަހައްދުގައި ހުރި ޓެންޓުތަކަކަށް ދިން ހަމަލާއެއްގައި 2 މީހަކު ޝަހީދުވެފައިވާއިރު، ޒައިތުން ސަރަހައްދުގައި 3 މީހަކު ޝަހީދުވެފައިވާކަމަށް އަލްޖަޒީރާއިން މައުލޫމާތު ލިބިފައިވެއެވެ.
Advertisement
މިހާތަނަށް ބަލާއިރު، 18 މަސްދުވަސް ތެރޭގައި ފަލަސްތީނުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު މަދުވެގެން 51،065 އަށް އަރާފައިވާއިރު، މި ހަމަލާތަކުގެ ސަބަބުން އަނިޔާވެފައިވާ މީހުންގެ އަދަދު 116،505 އަށް އަރާފައިވާކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީއިން ބުނެފައިވެ އެވެ. ޝަހީދުވެފައިވާ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށްވެސް ވަނީ ބުނެފައެވެ.
ޣައްޒާ މިއަދު- މަދުވެގެން 45 މީހުން ޝަހީދުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ