ސަމާލުވޭ؛ އެޗްޑީސީގެ ނަމުގައި ސްކޭމު ކޯލު އަދި މެސެޖުތަކެއް

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.
ވީ ކިހިނެއް؟ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، އެޗްޑީސީގެ ނަމުގައި ސްކޭމު ހިންގަނީ ވައިބާ މެދުވެރިކޮށް ކަމަށެވެ.
ތަފްސީލް  - މި ސްކޭމު ހިންގުމަށް ވައިބާ ކޯލުތަކަށް ވަކި ނަންބަރެއް އަދި މެސެޖު ކުރުމަށް ވަކި ނަންބަރެއް ބޭނުން ކުރާކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން
ވައިބާގައި ނަމެއްގެ ގޮތުގައި ޖަހާފައި އިންނަނީ 'HDC Housin Development Corpo'
ކޯލު ތަކަށް ބޭނުންކުރަނީ 7933128
މެސެޖު ކުރަން ބޭނުންކުރަނީ 7956509
މި ނަންބަރުތަކުން މީހުންނަށް ގުޅާ އެޗްޑީސީ އިން ކުރާ މުއާމަލާތެއް ކަމަށް ދެއްކުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ބުންޏެވެ. އަދި ވަކި ހާއްސަ ނަންބަރުތަކެއް ކޮންފާމުކޮށް، ޖީމެއިލް އަށް އެކްސެސް ހޯދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެޗްޑީސީގެ ނަމުގައި ސްކޭމު ކޯލުތަކާއި މެސެޖުތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ
ވައިބާ އެކައުންޓުތައް މެދުވެރިކޮށް އެޗްޑީސީ އިން ރައްޔިތުންނާ މުއާމަލާތް ނުކުރާނެ
ޖީމެއިލް ލޮގްއިން، ވެރިފިކޭޝަން އަދި މީހުންގެ ޒާތީ އެކައުންޓުތަކުގެ އެކްސެސް ހޯދަން އެޗްޑީސީ އިން ނޭދޭނެ
ޒާތީ މައުލޫމާތާއި އެނޫންވެސް މައުލޫމާތު ހިއްސާނުކުރަން އިލްތިމާސްކޮށް ފުލުހުން ވަނީ އެފަދަ ކޯލު އަދި މެސެޖުތަކަށް ޖަވާބު ދީ ނުހެދުމަށް ވެސް ފުލުހުން އިލްތިމާސްކުރެ އެވެ.
މީގެ އިތުރުން އެފަދަ ނަންބަރުތައް ބްލޮކު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފާހަގަ ކުރެވޭ - ފްލެޓު ލިބޭ ކަމަށް ބުނެ ވެސް ދޭތެރެ ދޭތެރެއިން އެޗްޑީސީގެ ނަމުގައި ސްކޭމުތައް ހިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ