ޝައިހް އިސްމާއިލް މުހައްމަދަށް އައިޔޫއެމްގެ އޮނަރަރީ ޑޮކްޓަރޭޓުކަން ދީފި

އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ރާއްޖޭގެ ހިދުމަތްތެރި ދީނީ އިލްމުވެރިޔާ ޝައިހު އިސްމާއިލް މުހައްމަދު، މ.ތޮއިބާ އަށް އޮނަރަރީ ޑޮކްޓަރޭޓުކަން އަރުވައިފި އެވެ.
ވީ ކިހިނެއް؟  - މިއީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓުގެ ލަގަބު އެރުވި ފުރަތަމަ ފަހަރެވެ. އިސްމާއިލް މުހައްމަދަށް މި ޝަރަފު އެރުވީ މިރޭ ބޭއްވި އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފްލާގަ އެވެ. އެމަނިކުފާނަށް މި ޝަރަރު އެރުއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ތަފްސީލް - އިސްމާއިލް މުހައްމަދަކީ މަދީނާ ޔުނިވާސިޓީ އިން ޑިގްރީ ހާސިލްކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. 
އެމަނިކުފާނު ވަނީ އޭގެ ކުރިން އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓުގެ ޔުނިވާސިޓީ އެއް ކަމަށްވާ ޖާމިއާ ދާރުއްސަލާމް ގައި ވެސް 7 އަހަރު ވަންދެން އިސްލާމީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.
މަދީނާގައި ޓީޗިން މެތަޑޮލަޖީ ވެސް ކިޔަވާވިދާޅުވީ އިސްމާއިލް މުހައްމަދު ވަނީ ތޮއިބާ މަދުރަސާ އުފައްދަވާ ރާއްޖޭގައި އަރަބި ބަހުން އިސްލާމީ ތައުލީމު ދެއްވައިފަ އެވެ.
ރާއްޖޭގެ މަތީ ތައުލީމުގެ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓުގެ ޝަރަފު ފުރަތަމަ ފަހަރަށް އެރުވި ބޭފުޅެއްގެ ގޮތުގައި އިސްމާއިލް މުހައްމަދަށް މި ޝަރަފު އެރުވީ ބައި ގަރުނަށްވުރެ ގިނަ ދުވަހު ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ އިލްމު ފެތުރުއްވުމަށް ކުރެއްވި މަސައްކަތް ބަލައިގަނެ އޭގެ އަގުވަޒަން ކުރުމަށް ކަމަށް އައިޔޫއެމް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ