އެމްޕީއެލް އިން ބުނީ މި މަސައްކަތާއެކު ކުޑަހުވަދޫ ޕޯޓުގައި ބޮންޑެޑް ވެއާ ހައުސް ގާއިމް ކުރާނެ އެވެ.
ދ. ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީކޮށް އެތަން ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އިކޮނޮމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ތިންވަނަ ވިޔަފާރި ބަނދަރުގެ ގޮތުގައި ކުޑަހުވަދޫގައި މި ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އެވެ. އަދި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ.
ކުޑަހުވަދޫއަކީ ސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ހަތް ސަރަހައްދުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވާ ދަތުރުފަޅުގައި ވާހަކަ ދައްކަަވަމުން ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ ވާހަކައަކީ އަބަދު ވެސް ދެކެވޭ ވާހަކައެއް ނަމަވެސް މިހާތަނަށްވެސް އެ މަޝްރޫއު ހަގީގަތަކަށް ހަދަން އެއްވެސް އަމަލީ މަަސައްކަތެއް ސަރުކާރަކުންކޮށްފައެއް ނެތެވެ. ނަމަވެސް މި ސަރުކާރުން މި މަޝްރޫއު ނިންމައި ހަގީގަތަކަށް ހައްދަވައި ދެއްވާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި އެ ކުންފުނިން ކުޑަހުވަދޫގައި ތަރައްގީ ކުރާ ވިޔަފާރި ބަނދަރާއެކު ބޮންޑެޑް ވެއާ ހައުސް ހަދައި ތަރައްގީ ކުރަން ޕްލޭން ކުރެވިފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްގީކޮށް ހިންގަން އެމްޕީއެލްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ