ރާއްޖޭގައި ތައްޔާރުކޮށް, ކައުންޓްލައިން އިން ވިއްކާ ކުނަފާ ޗޮކްލެޓްގެ ޑަބަލް ކްރަންޗް ބާޒާރަށް ނެރެފިއެވެ.
އޯރިއޯ ބިސްކޯދާއި މިލްކް ޗޮކްލެޓްގެ ރަހަ ދޭ މި ޑަބަލް ކްރަންޗް ތައާރަފް ކުރުމަށް މެއި މަހުގެ 17 ވަނަ ދުވަހު ވަނީ ޚާއްޞަ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން ކައުންޓްލައިން ހެންވޭރު އައުޓްލެޓާއި ހުޅުމާލެ އައުޓްޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި ކައުންޓްލައިން އައްޑޫ އިން ވަނީ އެދުވަހު ގަތް ކޮންމެ ކުނަފާ ޗޮކްލެޓްގެ ޑަބަލް ކްރަންޗަކާ އެކު ހަދިޔާއެއްގެ ގޮތުގައި ޕިސްޓާޗިއޯ މިނި ކުނަފާ ޗޮކްލެޓެއް ހަދިޔާއަކަށް ދީފައެވެ.
މީގެ އިތުރުން 17 ވަނަ ދުވަހުގެ ހަވީރު 4 އިން 6 އަށް އަލަށް ތައާރަފް ކުރި ޗޮކްލެޓްގެ ރަހަދައްކާލުމުގެ ގޮތުން ސާމްޕަލް ޗޮކްލެޓް ވަނީ ބަހާފައެވެ.
މިހާރު ރާއްޖޭގައި އެންމެ މަޝްހޫރު ކުނަފާ ޗޮކްލެޓްގެ އެންމެ ގިނަ ވައްތަރުތައް ލިބެން ހުންނަނީ ކައުންޓްލައިންގެ ފިހާރަތަކުންނެވެ. ކައުންޓްލައިން އިން ވިއްކާ ކުނަފާ ޗޮކްލެޓަކީ ރާއްޖޭގައި ތައްޔާރުކޮށް އުފައްދާ ރަހަމީރު ޗޮކްލެޓެކެވެ. މީގެ ތެރޭގައި ހިމެނެނީ، ޑާކް ޗޮކްލެޓް އަދި ވައިޓް ޗޮކްލެޓްގެ ޕިސްޓާޗިއޯ ކުނަފާ، ހެޒްލްނަޓް ކުނަފާ، ބިސްކޮފް ވިތް ކަނަމަދު މިލްކް ޗޮކްލެޓް ކުނަފާ، ސޯލްޓެޑް ކެރަމަލް ވިތް މަކަޑަމިއާ މިލްކް ޗޮކްލެޓް ކުނަފާ އަދި އަލަށް ތައާރަފް ކުރި ޑަބަލް ކްރަންޗް ކުނަފާއެވެ.
ކައުންޓްލައިން އިން ކުނަފާ ޑަބަލް ކްރަންޗް ބާޒާރަށް ނެރެފި ކައުންޓްލައިނުން ރާއްޖޭގެ 43 ސްކޫލަކަށް ކޭކު ފޮނުވައިފި މަގުބޫލު ލިޔުންތައް ފުލުހުންގެ ތަމްރީންގައި އުޅެނިކޮށް ހާލުދެރަވި ޒުވާނާ ނިޔާވެއްޖެ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ އ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ