ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޕެނަމާ 1-0 އިން ބަލިކޮށް ކްރޮއޭޝިއާ އިން މި ފަހަރުގެ މުބާރާތުގެ ފުރަތަަމަ މޮޅު ހޯދައިފިއެވެ. މި މޮޅާ އެކު ކްރޮއޭޝިއާ އިން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އައުކޮށްފައެވެ.
މި މެޗަކީ ކްރޮއޭޝިއާގެ ތަޖުރިބާކާރު ކެޕްޓަން ލޫކަ މޮޑްރިޗް އަށް ވަރަށް ހާއްސަ މެޗެކެވެ. އުމުރުން 41 އަހަރުގެ މޮޑްރިޗް މިރޭ ވަނީ ގައުމީ ޓީމަށް އޭނާ ކުޅެދިން 200 ވަނަ މެޗު ފުރިހަމަކޮށްފައެވެ.
ގްރޫޕްގެ ފަހު މެޗުތަކުގައި ކްރޮއޭޝިއާ ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގަދަ 32 ގެ ބުރުން ޖާގަ ކަށަވަރުވާނެއެވެ. ޕެނަމާގެ ފަހު މެޗުގައި އެ ޓީމު ބައްދަލުކުރާނީ އިންގްލެންޑާއެވެ.
ޕެނަމާ ބަލިކޮށް ކްރޮއޭޝިއާއިން ދެވަނަ ބުރަށް ދިއުމުގެ އުންމީދު އައުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ