ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް، ބޭންކިން ދާއިރާއިން ގއ. ދާންދޫ، އަމާޒު، ޒައިނާ އަބްދުﷲ އައްޔަނުކޮށްފި އެވެ.
ޕީސީބީއަށް އިއްޔެ އައްޔަންކުރި ޒައިނާ މިހާރު ވަޒީފާ އަދާކުރަމުން ދަނީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގަ އެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީއަށް މެންބަރުން އައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މި ބޯޑަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމާއި، އެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ގާނޫނީ ޒިންމާ އުފުލާ އިދާރާ އެވެ.
ޕީސީބީގެ ބޯޑަށް ބޭންކިން ދާއިރާއިން މީހަކު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ