ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލާފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ބެލުމުގެ ދަށަށް ތުހުމަތު ކުރެވޭ ފަރާތެއް ނެތްގޮތަށް ގެންގޮސްފައިވާ ބަންގުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ ބްރޭންޑެޑް ފުޅީގެ 364 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 78 ފުޅި ބަނގުރަލާއި 25 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހަތް އައިޓަމެކެވެ. މިތަކެއްޗަކީ 13 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ބަނގުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިތަކެތި ނައްތާލުމުގެ މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާލައިފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
މީގެ ތެރޭގައި ފުލުހުންގެ އިންސްޕެކްޓަރ ރޭންކުން މަތީގެ އޮފިސަރަކާއެކު ކަމާގުޅޭ ތަމްރީނު ނުވަތަ މައުލޫމާތު ލިބިފައިވާ އިތުރު 4 ފުލުހުން ހިމެނޭ ޓީމެއް ވަނީ ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން އެކި މައްސަލަތަކުގައި ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާވެސް ވަނީ ނައްތާލާފައެވެ.
މި މަހުގެ 22 ވަނަ ދުވަހު ނައްތާލައިފައި ވަނީ 105 ފުޅި ބަނގުރަލާއި 135 ދަޅު ބަނގުރާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ތަކެއްޗަކީ މި އަހަރުގެ މާރިޗު 1 އިން އޭޕްރީލް 14 އަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ